ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯގައި ޕާރފޯމްކުރުމުގެ ފުރުޞަތު

ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އަދި ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެން މިހިނގާ ޖުލައި މަހުގެ 27 އަދި 28 ގައި ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯއެއް ބާއްވަން ވަނީ ގަސްދުކޮށްފައެވެ. މި ޝޯ އަކީ ސަގާފީ އަދި ޒަމާނީ މިޔުޒިކް ހިމެނޭ ގޮތަށް ރާވާފައިވާ ޝޯއެކެވެ.

ވީމާ، މިޝޯގައި ޕާރފޯމްކުރުމަށް ޝައުޤުވެރިވެލައްވާ ބޭންޑް / މިއުޒީޝަނުން 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ޕޯޓްފޯލިއޯ އަދި ޓެކްނިކަލް ރައިޑާ މެއިލްކޮށްދެއްވުން އެދި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިސެންޓަރުގެ ނަންބަރު 3344667 ފޯނާއެވެ.

14 ޖުލައި 2019
ހޯދާ