މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި އަދި ފަޤީރުންގެ ދަފްތަރު ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމާގުޅޭ

 

އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމަށް 02 އެޕްރީލް 2019 އިން 28 އެޕްރީލް 2019 އަށް ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުންނާއި އެކި ސަބަބުތަކާހެދި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ނުވާ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ޝަކުވާ ލިބެމުންދާތީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު އަލުން ހުޅުވާލައި، 1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުން: 

-         ތާރީޚް: 15 ޖުލައި 2019 އިން 17 ޖުލައި 2019 އަށް 

-         ގަޑި:  ހެނދުނު 09:00 އިން 13:00 އަށް  

ދަފްތަރުގައި ރަޖިސްޓަރީ ވުމަށްއެދި ފޯމު ހުށަހެޅުން: 

-         ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ތާރީޚް: 15 ޖުލައި 2019 އިން 01 އޮގަސްޓް 2019 އަށް 

-         ގަޑި:  ހެނދުނު 09:00 އިން 13:00 އަށް

  

މާލޭގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމާއި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާހުށަހަޅާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މި މިނިސްޓްރީގައެވެ. އަތޮޅު ތެރެއިން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ފޯމު ބަލައިގަތުމާއި ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހޭނެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

08 ޛުލްޤައިދާ 1440ހ. 

11  ޖުލައި  2019މ.

 

 

14 ޖުލައި 2019
ހޯދާ