މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސްޕަވައިޒަރ
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ:        މަހަކު -/6،000 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/3،000 ރުފިޔާ

- އިތުރުގަޑި: މަހަކު -/3،600 ރުފިޔާ (މުސާރައިގެ %60)

- ފުޑް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ރަށުން ބޭރު އެލަވަންސް: މަހަކު -/1،000 ރުފިޔާ


 

ނޯޓް: ތިރީގައި ބަޔާންކުރެވިފައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ކޮލިފިކޭޝަން އެއް ހާސިލްކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސެޓްފިކެޓް އެލަވަންސް ލިބޭނެއެވެ.

- ޑިޕްލޮމާ (އެމް.ކިއު.އޭ ލެވެލް 5 އަދި ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ އަސާސީ މުސާރައިގެ )

- ބެޗްލަރސް ޑިގްރީ (އެމް.ކިއު.އޭ ލެވެލް 7 އަދި ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ އަސާސީ މުސާރައިގެ )

- މާސްޓަރސް ޑިގްރީ (އެމް.ކިއު.އޭ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ އަސާސީ މުސާރައިގެ %20)


 

އޮފީސް: ޕޮލިސް ވެލްފަަރ ކޯޕަރޭޝަން ޕވޓ ލޓވ / އިސްކަންދަރުކޮށި 01، މާލެ

މަސައްކަތްކުރަންޖެހޭ ތަން: ދ.ވާނީ (ފަހާގެ)

މަޤާމުގެ ޝަރުޠު:

- ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން،

- ނުވަތަ، މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.


 

- ވަޒީފާ ދާއިމީ ކުރެވޭނީ 06 މަސްދުވަހު އެޕްރައިޒްކުރުމަށްފަހު، މަސައްކަތަށް އެކަށީގެންވާނަމައެވެ.

- މަތީގައިވާ ޝަރުތުތައް ފުރިހަމަނުވާ ކެންޑިޓޭޓަކު ނުލިބިއްޖެނަމަ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއިން އެންމެ ރަނގަޅު މަރކްސްއެއް ހޯދާ ފަރާތަކަށް ވަޒީފާ ހަމަޖެއްސޭނެއެވެ.

އިތުރު މައުލޫމާތު: މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕޓވ ލޓޑ އަށް އެޑްރެސްކޮށް ވަޒީފާއަށް އެދޭ ކަމުގެ ސިޓީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެޓެސްޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ، ސީވީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ ލޓޑ / އިސްކަންދަރު ކޮށި 01 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345053 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

                                       09 ޛުލްޤަޢިދާ 1440

                                       12  ޖުލައި  2019

12 ޖުލައި 2019
ހޯދާ