ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކަސްޓަމަރ ރިލޭޝަންސް އެގްޒެކެޓިވް، ސިވިލް ސަރވިސް ކޮމިޝަން

މަޤާމު:

ކަސްޓަމަރ ރިލޭޝަންސް އެގްޒެކެޓިވް

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

އެޑްމިނިސްޓްރޭޝަން

ސެކްޝަނުގެ މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުގެ ފްރަންޓް އޮފީސް އަދި އިދާރީ  މަސައްކަތްތައް ރާވާ ހިންގުން.

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ރިލޭޝަންސް، މަރކެޓިން ނުވަތަ ކޮމިއުނިކޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޤުބޫލުކަން ލިބޭނެފަދަ ގޮތަކަށް ޚިދުމަތްދޭ ތަނެއްކަން ޔަގީންކުރުން.
  2. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް ރަގަނޅުކޮށް ޒަމާނީކުރުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް އެއްފެންވަރެއްގައި ދިނުމަށްޓަކައި އެސް.އޯ.ޕީކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  4. ކޮމިޝަނަށް އަންނަ ސިޓީ/ފެކްސް/ތަކެތި ބަލައިގަތުމާއި، ކޮމިޝަނުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ/ތަކެތި އެފަރާތްތަކަށް ރައްދުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  5. ކޮމިޝަނަށް އަންނަ އާންމު ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، އެކިކަންކަމާއި ގުޅިގެން އަންނަ ފޯނުކޯލުތައް އެކަމަކާ ގުޅޭ ސެކްޝަނަކަށް ނުވަތަ ފަރާތަކަށް ގުޅުވައިދިނުން.
  6. ކޮމިޝަނަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކޮމިޝަނުގެ އިދާރީ މަސައްކަތްތަކުގެ ރެކޯޑު، ފަސޭހައިން ރައްކާކުރެވޭ އަދި ރިޓްރީވް ކުރެވޭނެ ފައިލިންގް ސިސްޓަމް ހަރުދަނާކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޮމިޝަނުގެ ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ކޮމިޝަނުން ރަސްމީގޮތުން އަތޮޅުތަކަށާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުމުގައި އެހީތެރިވުން.
  10. ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާ/ހަފްލާ ތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  11. ކޮމިޝަން އިދާރާގެ ސެކްޝަންތަކުން ބޭނުންވެގެން އެދޭ ސްޓޭޝަނަރީ، ކޮންސިއުމަބްލްސްއާއި، އެސެޓްތަކުގެ ރިކުއެސްޓްތައް ބަލައިގަނެވޭނެ ނިޒާމެއް ޤާއިމްކޮށް ހިންގައި ބެލެހެއްޓުމާއި، އެގޮތަށް ލިބޭ ރިކުއެސްޓްތައް ވަޒަންކޮށް، ކޮންމެހެން ހޯދަންޖެހޭކަމަށް ކަނޑައަޅާ ތަކެތި ހޯދުމާ ގުޅޭގޮތުން ކަމާބެހޭ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
  12. ކޮމިޝަނުގެ ބޭނުމަށް ހޯދިފައިވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  13. ވަޒީފާގެ މަސްއޫލިއްޔާތާއި ގުޅިގެން ސުޕަވައިޒަރާއި ކޮމިޝަނަރުންނާއި ކޮމިޝަނަރުންގެ ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  14. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2019 ޖުލައި 21 ވާ އާދިއްތަދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިންސައްތަ: 55)
    • އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
    • ޕްރެކްޓިކަލްސް - 10 އިންސައްތަ
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 ޖުލައި 22 ން 2019 އޮގަސްޓު 8 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، 20040 /މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ hr@csc.gov.mv އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

8 ޛުލްޤަޢިދާ 1440ހ

11 ޖުލައި 2019މ                                   

11 ޖުލައި 2019
ހޯދާ