މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ًًބ.އޭދަފުށީއިން ޢިމާރާތެއް ކުއްޔަށް ހިފުން

މިކުންފުންޏަށް ބ.އޭދަފުށީން ޕޯސްޓް އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ކުރި ADMHR-MPL/2019/82 (23 ޖޫން 2019) ވަނަ ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ތިރީގައިމިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 18 ޖުލައި 2019ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މިކުންފުނީގެ ބ.އޭދަފުށީ ޕޯސްޓް  ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 18 ޖުލައި 2019 ވަނަ ދުވަހުގެ 15:00ގެ ފަހުން ހުށައަޅުއްވާ އިޢުލާންތައް ބަލައި ނުގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ބ.އޭދަފުށި

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާއި ބެހޭ ތަފްޞީލް ހުށަހެޅުން

  • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • ޢިމާރާތުގެ ކުލި ބަޔާން ކުރުން
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ނޯޓް: ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

 

  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
  • ·         ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
  • ·         ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ·         ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).

 

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

 

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން

 

މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
11 ޖުލައި 2019
ހޯދާ