ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ދިގުވާނޑު ގާހިރާ ގޯތީގެ ދެކުނު ފަރާތުގައި އޮތް ގޯޅި މަގުގެ ދެކުނު ފަރާތުގައި އޮތް ހުސްބިމުގައި ހުރި ނަންބަރ 01 ޖަހާފައިވާ ރުކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ މިރުކުގެ މިލްކުވެރި ފަރާތެއް ވާނަމަ 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން އެރުކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން   (ކުރީގެ ފުވައްމުލަކު އޮފީސް) ހުށަހެޅުއްވުން އެދެމެވެ.

11 ޖުލައި 2019
ހޯދާ