އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު 2019 އަށް ކުރިމަތިލާފައިވާ ފަރާތެއްގެ ހުށަހެޅުން ބާޠިލު ކުރުން

ނަންބަރު: A)CA-2019/206)

އިޢުލާން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު 2019އަށް ކުރިމަތިލާފައިވާ ފަރާތެއްގެ ހުށަހެޅުން ބާޠިލު ކުރުން

  ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން، 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި، އެކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކުރިމަތިލުމަށް، 2019 ޖުލައި 04 ވީ ބުރާސްފަތި ދުވަހު، ދަފްތަރު. ނަންބަރ 535 / ޢަލީ ނަޞީރު ޤާސިމް މިކޮމިޝަނަށް ހުށަހެޅި ހުށަހެޅުން މިކޮމިޝަނުން ޤަބޫލުކޮށްފައިވީނަމަވެސް، އެފަރާތުން ހުށަހެޅި ނަންބަރު BCE/2019/1 ފޯމުގައިވާ މަޢުލޫމާތާއި ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް މިކޮމިޝަނުން އިތުރަށް ބެލި ބެލުމުން، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢަލީ ނަޞީރު ޤާސިމަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި މެންބަރު ކަމަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހެއް ނޫންކަމަށް މިކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، ޢަލީ ނަޞީރު ޤާސިމަކީ މި އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ޝަރުޠު ހަމަވާ މީހެއް ނޫން ކަމުގައި މިކޮމިޝަނުން ކަނޑައަޅައި، މި އިންތިޚާބަށް ކުރިމަތިލުމަށް އެފަރާތުން ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުން ޤަބޫލު ކޮށްފައިވާކަމަށް މިކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލު ކޮށްފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 އަދި މިކަމާ ގުޅިގެން، މިއިންތިޚާބުގައި ވާދަ ކުރާ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތަކަށް ބަދަލު ނާންނާނެކަންވެސް ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

08 ޛުލްޤަޢިދާ 1440

11 ޖުލައި 2019
ހޯދާ