މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާރކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ޢިއުލާން   

މި މިނިސްޓްރީގެ އިއުލާން ނަންބަރު IUL)101-AF/1/2019/218) މާރކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ މަގާމު ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:  މާރކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

އަދަދު : 01

ފެންވަރު ނުވަތަ ޝަރުތު:

  • މާރކެޓިން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް ޑިވެލޮޕްމަންޓް، ކޮމާރސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސެޓްފިކެޓް ޙާސިލްކޮށްފައިވުން.
  • ނުވަތަ ވަޒީފާއާއި ގުޅުންހުރި ދާއިރާއެއްގައި 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް އަދި މަލްޓިމީޑިޔާ ސޮޕްޓްވެއަރ ތައް ބޭނުންކުރަން އެގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެގުން.

 

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު2:00 އަށް

މުސާރަ: މުސާރައިގެ ގޮތުގައި -/12000 ލިބޭނެއެވެ. ( ބޭސިކްސެލަރީ  7000 ދިވެހި ރުފިޔާއިން ، އަދި ސާރވީސް އެލަވަންސް ގެ ގޮތުގައި 5000 ދިވެހި ރުފިޔާ ލިބޭނެއެވެ.) (މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ އުނިކުރެވޭނެއެވެ. މީގެތެރޭގައި ބަންދުދުވަހެއްގައި ޚިދުމަތަށް ނުކުންނަންޖެހިއްޖެނަމަ ބަންދުދުވަސްތައްވެސް ހިމެނޭނެއެވެ.)

ވަޒީފާގެ މުއްދަތު: 1 އަހަރު ( މަސައްކަތައް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެއެވެ.)

މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފްސީލް، މަސްއޫލިއްޔަތު އަދި ތަފްސީލް ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 21 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސްއަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ޖުލައި 2019
ހޯދާ