މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-251410

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރެއިނިންގ ޑިވިޜަން

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/700 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2 )
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާ، ވަޒީފާއަށް އަހުލުވެރިކުރުވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީއާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • މިނިސްޓްރީގެ މުވައްޒަފުންގެ ރެކޯޑްތަކާއި، ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތަކާއި، ރެކޯޑް ފައިލްތައް ތައްޔާރުކޮށް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންނަށް ދޭން ނިންމާ އެކި އެކި އެލަވަންސްތަކާއި ގުޅޭގޮތުން ހަދަން ޖެހޭ އިޤްރާރްތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.  
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ ތަންތަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް މުސާރަދެވޭ ވަރަށް މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު ބަޖެޓް އެންޑް ފައިނޭންސް ޔުނިޓަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ބޭނުމަށް ވަގުތީގޮތުން ލައްވަންޖެހޭ މީހުން ލެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި އެކަންކަން ހިންގައި ބެލެހެއްޓުމާއި، ވަގުތީ އަދި ކޮންޓްރެކްޓްގައި ތިބި މުވައްޒަފުންގެ ރެކޯޑްތައް ބަލަހައްޓައި، ރެކޯޑް ފައިލްތައް އަޕްޑޭޓްކުރުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާއި މިޑްއިޔަރ ރިވިއު ހެދުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.
  • އޮފީހުގެ ޑިޕާރޓްމަންޓްތަކާއި ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަޝްވަރާއާއެކު މުޅި އޮފީހުގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި އެ ރިކުއަރމަންޓްއާ އެއްގޮތަށް މުވައްޒަފުން ތަމްރީން ކުރުމާއި ތަރައްޤީކުރުމުގެ ކަންތައްތައް ރާވާ ހިންގައި ބެލެހެއްޓުން.
  • އޮފީހުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު ހިމެނޭ ރެޖިސްޓްރީއެއް ޤާއިމްކޮށް ގަވާއިދުން ބެލެހެއްޓުން.
  • އޮފީހުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ސިވިލް ސަރވިސްއާއި، އަދި އެހެނިހެން ގޮތްގޮތުން އޮފީހަށް ލިބޭ ތަމްރީން ކޯސްތަކުގައި މުވައްޒަފުން ބައިވެރިކުރުވުން.
  • އޮފީހުން އެކިކޯސްތަކުގައި ބައިވެރިކުރާ ފަރާތްތައް ޤާނޫނާ އެއްގޮތަށް ބޮންޑު ކުރުވުމާއި، އެފަރާތްތަކުން ފުރިހަމަކުރަމުންދާ ކޯސްތައް އެގޮތުގެމަތިން ފުރިހަމަ ކުރަމުން ގެންދޭތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުން.
  • އޮފީހުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެދޭ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދީ، ރެކޯޑްތައް ބެލެހެއްޓުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ ތަންތަނުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމާއި އައު އިދާރީ އޮނިގަނޑު ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންނާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން. 
  • މިނިސްޓްރީގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީއާއި އަދި ޙާޟިރީއާއި ގުޅޭ އެހެނިހެން ކަންތައްތައް އީ އެޑްމިން މެދުވެރިކޮށް ބެލެހެއްޓުން.
  • އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހާ ކަންތައްތައް ބަލަހައްޓައި އެޗްއާރއެމްޑީގެ ނިންމުންތައް ތަންފީޒުކުރުން.
  • ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުން މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަމުގައި ތައްޔާރުކުރަންޖެހޭ އުޞޫލުތައް ތައްޔާރުކުރުމުގައި ޑިޕާޓްމަންޓްގެ ވެރިންނަށް އެހީތެރިވުން.
  • އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހިމެނޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

7 ޛުލްޤައިދާ 1440ހ

10 ޖުލައި 2019މ

 

10 ޖުލައި 2019
ހޯދާ