ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ރަސްމީ ޔުނީފޯމްގެ ފޮތި ތައްޔާރުކޮށް ވިއްކުމުގެ ފުރުޞަތު ހުޅުވާލުން

މިސްކޫލް ދަރިވަރުންގެ ރަސްމީ ޔުނީފޯމް 2020 ވަނަ އަހަރުން ފެށިގެން ބަދަލުވާތީ ޔުނީފޯމް ފެހުމަށް ބޭނުންވާ ފޮތި މިސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތައްޔާރުކޮށް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.

  1. މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން  2019 ޖުލައި 21 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ހޯލުގައި އޮންނާނެއެވެ.
  2. މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ރެހެންދި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ބަލައިގަންނާނީ 2019 ޖުލައި 31 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީގަޑިގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިންނެވެ.
  3. ޔުނީފޯމްފަހާފޮތި ތައްޔާރުކޮށް ވިއްކުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދިހުށަހަޅުއްވާ ފަރާތްތަކުގެ ހުށަހެޅުއްވުންތައް ޗެކުކޮށް "ރެހެންދި ސްކޫލް ދަރިވަރުންގެ ރަސްމީޔުނީފޯމް ފަހާފޮތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކުގެ ރެޖިސްޓްރީގައި" ރެޖިސްޓްރީ ކުރުމަށްފަހުގައެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ޗަނބޭލީމަގު / ހުޅުމާލެ

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

10 ޖުލައި 2019
ހޯދާ