އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އަމީނީ އަލިސް ޔޫބީ ކާނިވަލުގެ ސްޓޯލްތައް ދޫކުރުން

  1. މި ސްކޫލްގެ އަލިމަސް ޔޫބީ ކާނިވަލުގެ ސްޓޯލްތައް ދޫކުރުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސްޓޯލެއްގެ އަގަކީ 1500.00 ރުފިޔާ (ފަނަރަ ސަތޭކަ)  އެވެ.

2. ސްޓޯލު ނެންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ޖުލައި 17 އިން 2019  ޖުލައި 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13.00 އަށް މިސްކޫލަށް ވަޑައިގެން އެޕްލިކޭޝަން ފޯމު ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ފައިސާ ދައްކަވަން ވާނެއެވެ.

3. މި ކާނިވާ އޮންނާނީ 1 އޯގަސްޓް 2019 އިން 3 އޯގަސްޓް 2019 ށް (3 ދުވަހު) ހަވީރު 4.00 ން އެރޭގެ 11.00 ށް އަމީނިއްޔާ ސްކޫލު ގޯތިތެރޭގަ އެވެ.

4. ނަންގަވާ ސްޓޯލުގައި އިމްޕޯރޓު މުދާ ވިއްކާނަމަ، މޭޒު ހިފާފަރާތަކީ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ އިމްޕޯރޓު މުދާ ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާން ވާނެއެވެ.

5. އެއްވެސް ސްޓޯލެއްގައި ކާބޯތަކެތި ނުވިއްކޭނެއެވެ.

6. ސްޓޯލްތައް ހުންނާނީ މި ސްކޫލުގެ އާ އިމާރާތުގެ ފަސްޓް އަދި ސެކަންޑް ފްލޯރގައެވެ. ސްޓޯލެއްގެ ސައިޒަކީ 9 ފޫޓު 7 ފޫޓެވެ.

7. ދޫކުރުމަށް ހަމަޖެހިފައި ވަނީ 100 ސްތޯލެވެ. އަދި ސްޓޯލްތައް ދޫކުރެވޭނީ ފޯމު ހުށައަޅާ ތަރުތީބުން ނެވެ.

8. ކާނިވާލާ ބޭހޭ އިތުރު މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2019 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

9. އެޕްލިކޭޝަން ފޯމު މި އިއުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ. އަދި ސްކޫލުގެ ކައުންޓަރުންވެސް އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

6   ޛުލްޤައިދާ    1440

09 ޖުލައި 2019
ހޯދާ