މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރު ކައުންސިލްއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންއާއި ގުޅިގެން ބޮޑެތިމީހުންނަށް އުގަންނައިދިނުމަށް ހިންގޭ (ބްރިޖިންގޕްރޮގްރާމް) އިނގިރޭސިކުލާސްތަކުގައި ކިޔަވައިދޭނެ ޓީޗަރުން ހޯދުމާއިގުޅޭ

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

         އުނގޫފާރު، ދިވެހިރާއްޖެ                                        ނަންބަރު: 49/IUL)303-AS/303/2019)

އިޢުލާން

 

އުނގޫފާރު ކައުންސިލްއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންއާއި ގުޅިގެން ބޮޑެތިމީހުންނަށް އުގަންނައިދިނުމަށް ހިންގޭ (ބްރިޖިންގޕްރޮގްރާމް) އިނގިރޭސިކުލާސްތަކުގައި ކިޔަވައިދޭނެ ޓީޗަރުން ހޯދުމާއިގުޅޭ

 

            މިކައުންސިލްއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންއާއި ގުޅިގެން އިނގިރޭސި ކުލާސްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމްއަކީ 3 ލެވެލްއަކަށް ބަހާލެވިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާ ޓީޗަރުންނަށް 60 މިނެޓުގެ ގަޑިއަކަށް -/250 ރުފިޔާގެ ރޭޓުން ފައިސާގެ އެލަވަންސެއް ދެވޭނެއެވެ. ކިޔަވާދެއްވާ ޓީޗަރުންގެ ޝަރުތަކީ ޘާނަވީ ގްރޭޑްތަކަށް ކިޔަވާ ދެއްވާތާ 5 އަހަރުގެ ތަޖްރިބާ ހުރުމާއިއެކު މާއްދާއާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް އޮތުމެވެ. އަދި ޓީޗަރުން ނެގުމުގައި ދިވެހިންނަށް އިސްކަންދެވޭނެ ވާހަކަދަންނަވަމެވެ. ވީމާ މި ކުލާސްތަކުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ބޭފުޅުން 09 ޖުލައި 2019 އިން 14 ޖުލައި 2019 ގެ ނިޔަލަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ސީވީ ހުށަހެޅުމަށް ދަންނަވަމެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            05  ޒުލްޤައިދާ 1440

            08  ޖުލައި   2019   

08 ޖުލައި 2019
ހޯދާ