މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރު ކައުންސިލްއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންއާއި ގުޅިގެން ބޮޑެތިމީހުންނަށް އުގަންނައިދިނުމަށް ހިންގޭ (ބްރިޖިންގޕްރޮގްރާމް) އިނގިރޭސިކުލާސްތަކުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

          އުނގޫފާރު، ދިވެހިރާއްޖެ                                                ނަންބަރު: 48/IUL)303-AS/303/2019)

އިޢުލާން

 

އުނގޫފާރު ކައުންސިލްއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންއާއި ގުޅިގެން ބޮޑެތިމީހުންނަށް އުގަންނައިދިނުމަށް ހިންގޭ (ބްރިޖިންގޕްރޮގްރާމް) އިނގިރޭސިކުލާސްތަކުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން.

 

            މިކައުންސިލްއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންއާއި ގުޅިގެން އިނގިރޭސި ކުލާސްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމްއަކީ 3 ލެވެލްއަކަށް ބަހާލެވިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ފުރުޞަތު ދެވޭނީ އިނގިރޭސި މާއްދާއިން ޓެސްޓެއް ދިނުމަށްފަހު އެބައިވެރިއަކު ހޮވޭ ލެވަލްއަކަށެވެ. ލެވެލްއެއް ފެށޭނީ މަދުވެގެން 15 ބައިވެރިން ހަމަވެގެންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށްއެދޭ ފޯރމް ރަސްމީ ބަންދު ނޫން ކޮންމެދުވަހަކު މި ކައުންސިލުން ލިބެންހުންނާނެ ވާހަކަދަންނަވަމެވެ. ވީމާ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯރމް 09 ޖުލައި 2019 އިން 14 ޖުލައި 2019 ގެ ނިޔަލަށް ހުށަހެޅުމަށް ދަންނަވަމެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            05  ޒުލްޤައިދާ 1440

            08  ޖުލައި   2019   

08 ޖުލައި 2019
ހޯދާ