H.Dh. Atoll Education Centre
Maldives
ކައުންސެލަރ

 

 

    

މަޤާމް:                       ކައުންސެލަރ

މަޤާމް ނަމްބަރ:                 J-273628

1 ( އެކެއް )

ބޭނުންވާ އަދަދު:

 

ދާއިމީ

މަޤާމުގެ ގިންތި:

 

އެމް.އެސް.1

މަޤާމުގެ ރޭންކް:

 

ޓެކްނިކަލް އޮފިސަރ ގުރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

 

އެޑްމިން

ސެކްޝަން:

 

ހދ.އަތޮޅު ތަޢުލީމީ މަރުކަޒު / ހދ.ކުޅުދުއްފުށި

މަޤާމް އޮތް އޮފީސް:

 

ހދ.އަތޮޅު ތަޢުލީމީ މަރުކަޒު / ހދ.ކުޅުދުއްފުށި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

މަހަކު -/5،610 ރުފިޔާ

މުސާރަ:

 

މަހަކު -/2،000 ރުފިޔާ

މަހަކު 700/- ރުފިޔާ

ކައުންސެލިން

ކައުންސެލިން، ސައިކޮލޮޖީ

 

ސަރވިސް އެލެވަންސް:

ސަޕޯރޓިންގ ކޯ    އެލަވަންސް:

މަޤާމުގެ ދާއިރާތައް:

ތާއުލީމީ ދާއިރާތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އިތުރު ޢިނާޔަތްތައް:

       

 

1-  މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލުގެ "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ނުވަތަ ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށް ތައްޔާރުކޮށްފައިވާ އުޞޫލުތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ތަންފީޒުކުރުން

 

2. ކައުންސެލިން ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި އެދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ރެކޯޑު ބެލެހެއްޓުމާއި ދަރިވަރުންނާއި ޓީޗަރުންނާއި ގުޅިގެން މަސައްކަތްކުރުން

 

3- ޓީޗަރުންނަށް ސްޓްރެސް މެނޭޖްމަންޓާއި ނަފްސާނީ ދުޅަހެޔޮކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތައް ސްކޫލުގެ މެނޭޖްމަންޓާއި މަޝްވަރާކޮށްގެން ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ރާވައި ހިންގުމާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ މަޢްލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން.

 

4- ދަރިވަރުންނަށް ލައިފް ސްކިލްގެ ގަޑިތައް ނަގައިދިނުމާއި ޚާއްޞަ ޕްރޮގްރާމްތަކުގައި ދަރިވަރުންނަށް ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިވެދިނުމާއި އެޕްރޮގްރާމްތަކުން ދަރިވަރުން ޙާޞިލްކުރާ މިންވަރު ވަޒަންކުރުން.

 

5- ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް އަނިޔާ/އިހުމާލު ފާހަގަވެއްޖެނަމަ، ޝައްކުކުރެވޭ ނުވަތަ ރިޕޯޓުކޮށްފިނަމަ އެކަން ތަޙްޤީޤުކުރުމަކާނުލައި "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ގައިވާ ގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކަށް އެންގުން.

 

6- ސްކޫލު ކައުންސެލަރަކަށް ރެފާކުރާ ދަރިވަރުންނަށް ވަކިވަކިން ނުވަތަ ގްރޫޕް ސެޝަން ނަގައިދިނުމާއި، ބޭނުންވެއްޖެ ޙާލަތެއްގައި ދަރިވަރުންގެ އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން ހެދުމަށް އެހީތެރިވެދިނުން.

 

7- ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ "ވަލްނަރަބްލް" ދަރިވަރުންގެ ޙާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސް ޓީޗަރާއި ސްކޫލުގެ ވެރިންގެ މަޝްވަރާއާރި އެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

 

8- ސްކޫލްތަކުގެ ކައުންސިލަރުންނާއެކު ބާއްވާ ކޭސް މެނޭޖްމަންޓު، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު އަދި ސުޕަވިޒަން ސެޝަންތަކާއި ފޯން ކޮންފަރެންސްތަކުގައި މިނިސްޓްރީން ކަނޑައަޅާ އުޞޫލެއްގެ މަތިން ބައިވެރިވެ، ސްކޫލުގެ ކޭސްތައް ދަރިވަރުންގެ ސިއްރު ހިފެހެއްޓޭގޮތަށް ހިއްސާކުރުން.

 

9- ކައުންސެލިން ހިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، ކޭސް ފައިލް ހެދުމާއި، ސެޝަންތައް ކުރިއަށް ގެންދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓް ލިޔެ ފައިލްކުރުން.

 

10- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ "ބަރާބަރު" ސްކޫލު އިންޑިކޭޓާރސްގައި ހިމެނޭ ހެލްތު އެންޑް ސޭފްޓީ ޑައިމެންޝަން ސްކޫލުގައި ފުރިހަމަކުރުމަށް ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުމާއި، ދަރިވަރުންގެ ރައްކާތެރިކަމަށް ބެލެނިވެރިންނާ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުން.

 

11- ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް، ސްކޫލުގެ ވެރިންނާއި މަޝްވަރާކޮށްގެން ސްކޫލު ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގާ ބެލެހެއްޓުމާއި ސްކޫލުގެ މާޙައުލަކީ ދަރިވަރުންނަށާއި ސްކޫލުގެ މުވައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރަން ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުން.

 

12- ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ތާވަލުކޮށްގެން ހިންގާ ހަރަކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތަޢުލީމީ އަހަރު ފެށުމާއެކު މިނިސްޓްރީއަށް ހިއްސާކުރުމާއި، ކޮންމެ އަހަރަކު ސްކޫލުން ހިންގާ މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓު ތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްކޫލު ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

މަޤާމުގެ ޝަރުޠުތައް:       ކައުންސެލިންގ / ސައިކޮލޮޖީ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް ބެލުމަށް އިންޓަރވިއު ކޮށްގެން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  1. 5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯރމް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ހދ.އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2019 ޖުލައި 17 އިން 1 ހަފްތާ ތެރޭގައި ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6528817 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

5 ޛުލްޤައިދާ 1440

 

   

 

 

 

                                                                                                                                                                                  

 

 

08 July 2019
ހޯދާ