މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ޅައިމަގު މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓްވައިރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

    ށ.ޅައިމަގު މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓް ވައިރު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/04 އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތު ޝީޓުގައި މައްސަލައެއް އުޅޭތީ އެ އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ބާޠިލުކޮށް މި މަސައްކަތް ކޮށްދިނުމަށްއެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

    ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖުލައި 2019 ދުވަހުގެ 11:00 ށ.ޅައިމަގު މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖުލައި 2019 ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން ށ.ޅައިމަގު މެޖިސްޓްރޭޓްކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.

    މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

    08 ޖުލައި 2019

08 ޖުލައި 2019
ހޯދާ