ދިވެހިރާއްޖެ
އިޢުލާން
މި އޮފީހުގެ ނަންބަރު(IUL)14-E1/1/2019/18 : (16 ޖޫން 2019) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ހަވާލާ ދެވިފައިވާ އިއުލާނުގައި ދެންނެވިފައިވާ "އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމްތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 7 ވަނަ މާއްދާގެ (ށ)ގެ ދަށުން އިންޓަވިއު ކުރުމަށް ކަނޑައަޅައިފައިވާ އަދަދަށް މި މިންގަނޑުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވުނު އިމްތިހާނުން ކެންޑިޑޭޓުން ފާސްވެފައި ނުވާތީވެ، މި ދެންނެވި އިމްތިހާނުން ފާސްވުމަށް ބޭނުންވާ އިންސައްތަ %50 އަށް ދަށްކޮށް، އިސްލާހުކުރެވުނު މިންގަނޑާއި އިމްތިހާނުގެ ނަތީޖާ ކަސްޓަމްސްގެ ވެބްސައިޓު (www.customs.gov.mv) ގައި ޕަބްލިޝްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ދެންނެވި މިންގަނޑުގައިވާ ގޮތުގެ މަތިން ތަޢުލީމީ ފެންވަރާއި އިމްތިހާނުން ލިބުނު މާކުހަށް ބަލައި އެންމެ މަތިން މާކްސް ލިބިގެން އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވިފައިވާ 110 ފަރާތަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިކަމާ ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއޮފީހުގެ ނަންބަރު 3334250،3334150،3334192 ފޯނާ ގުޅުއްވުން އެދެމެވެ. އަދި އިމްތިހާނުގެ ނަތީޖާއާމެދު އެއްވެސް މައްސަލައެއް އޮތް ނަމަ 2019 ޖުލައި 10 ވަނަ ދުވަހުގެ 1400 ގެ ކުރިން އެ މައްސަލައެއް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.
05 ޛުލްޤާޢިދާ 1440
08 ޖުލައި 2019