މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

މި މިނިސްޓްރީ IUL)459-HR/1/2018/124)  ނަމްބަރު އިޢުލާން ބާޠިލްކޮށް، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-309606

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް ސަޕޯޓް އެންޑް އައި.ޓީ ޑިވިޜަން

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި 1762.60/-
  • ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ސޮފްޓްވެއަރތައް ޤާއިމްކޮށް ބަލަހައްޓައި މުވައްޒަފުން އަހުލުވެރިކުރުވުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ކޭސްތައް މެނޭޖްކުރުމަށް ބޭނުންވާ ޑޭޓާބޭސްތައް ޤާއިމްކޮށް ބަލަހައްޓައި މުވައްޒަފުން އަހުލުވެރިކުރުވުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ވެބްސައިޓް ތަރައްޤީކޮށް ޢާންމުންނަށް ފަސޭހައިން މަޢުލޫމާތު ލިބޭނެ ވެބްސައިޓަކަށް ހަދައި ބެލެހެއްޓުން.
  • ޢާންމު ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި މަޢުލޫމާތު ހޯދުމާއި ޝަކުވާ އަދި ހުށަހެޅުންތައް ބަލައިގަތުމަށް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އީ-ސަރވިސް ނިޒާމެއް ތަޢާރަފްކޮށް ބެލެހެއްޓުން.
  • އޮފީހުގެ މަސައްކަތަށް މުހިންމު ޑޭޓާބޭސްތަކުގެ ޚިދުމަތްތައް ހޯދައި މުވައްޒަފުން އަހުލުވެރިކުރުވުން.
  • އޮފީހުގެ ލައިބްރަރީއަށް ބޭނުންވާ އޮންލައިން ޚިދުމަތްތަކާއި ވަސީލަތްތައް ހޯދައި ބެލެހެއްޓުން.
  • ނެޝަނަލް ސެންޓަރ ފޮރ ޓެންކޮނޮލޮޖީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އެހެނިހެން އައިޓީ އާ ގުޅޭ ވަސީލަތްތައް ބެލެހެއްޓުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ އާލާތްތައް ހޯދައި މަރާމާތުކޮށް ބެލެހެއްޓުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ކޮމްޕިޔުޓަރ ނެޓްވޯރކް އާއި ސާވަރ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުމާއި، އައިޓީއާ ގުޅުންހުރި ހާޑްވެއަރ، އިކުޕްމަންޓްތައް މަރާމާތުކޮށް ބެލެހެއްޓުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ފޯން ނެޓްވޯރކަށް ދިމާވާ މައްސަލަ ހައްލުކޮށް ބެލެހެއްޓުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ އީމެއިލް އެކައުންޓް ހެދުމާއި މޮނިޓަރކޮށް ބެލެހެއްޓުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ އިންޓަރނެޓްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ޖެމްސްއާ ގުޅުންހުރި އެންމެހައި މަސައްކަތެއް ބެލެހެއްޓުން.
  • ޒަމާނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ގުޅިގެން މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގައި ބޭނުންކުރާ އޮޕަރޭޓިންގ ސިސްޓަމްތަކާއި ސޮޕްޓްވެއަރތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  • އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ކޮމްޕިއުޓަރ ސައިންސް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

05 ޛުލްޤައިދާ 1440ހ

8 ޖުލައި 2019މ

 

08 ޖުލައި 2019
ހޯދާ