މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ ތިރީގައި މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް:

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-282596

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓު (ޔުނިޓް އޭ)

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް.

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަނދަރު ބައްތިތަކާއި މަގުބައްތިއާއި ނެރުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވާ މުނީޓަރކޮށް ބެލެހެއްޓުމާއި، މިބައްތިތައް ދިއްލާ ބެލެހެއްޓުމުގެ އެންމެހައި ކަންކަން ރާވައި ހިންގުން
  2. ބިމާއިބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަޢާރަޟު ނުވާ ގޮތުގެ މަތިން، އެކިއެކި ބޭނުންތަކަށް ރަށުގެ ބިން ދޫކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، މަސައްކަތާއިގުޅޭ ރިކޯޑްތައް ބެލެހެއްޓުމާއި ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް މަގުތައް ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ރާވާ ހިންގުމާއި، އޭގެ ރެކޯޑްތައް ބެލެހެއްޓުން.
  3.  ބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތް ކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގައި ޢިމާރާތް ކުރުމުގެ ކަންތައްތައް ބަލަހައްޓައި، އެކިފަރާތްތަކުން ރަށުގެ ބިމާބެހޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި، އޭގެ ރެކޯޑް ބެލެހެއްޓުން.
  4. ރަށުގެ ބިމުގެ ދަފުތަރު އެކުލަވައި އެދަފުތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި އޭގެ ރެކޯޑް ބެލެހެއްޓުން.
  5. އާންމު ރައްޔިތުން ގޯތިން ބޭރުގައި އިންދާ ހައްދާ ރުއްގަސް އިންދުމާއި ރުއްގަސް ކެނޑުމުގެ ހުއްދަ ދިނުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ގަވާއިދާ ޚިލާފަށް އިންދާ ހައްދާ ރުއްގަހާމެދު ޢަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުން.
  6. ބަންޑާރަ ރުއްގަހާއި ރައްޔިތުންގެ ރުއްގަހާއި ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގައި ހުންނަ ރުއްގަސް ބެލެހެއްޓުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި މިފަދަ ރުއްގަސް ވަރުވާއަށް ނުވަތަ ކުއްޔަށް ދިނުމަށް ކުރަންޖެހޭ މަސައްކަތައް ކުރުމާއި، ރުއްގަހުގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާއިން ނީލަން ކިޔަންޖެހޭ ތަކެއްޗާއި ރުއްގަސް ނީލަން ކިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. ރަށު ފެންވަރުގައި ރައްކާތެރި ގޮތުގައި ކުނިނައްތާލުމަށް ކުރަންޖެހޭ އިންތިޒާމްތައް ކުރުމާއި ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ކަންކަން ބެލެހެއްޓުމާއި، ކުނި ނައްތާލުމުގެ ނިޒާމް ރާވާ ހިންގުމާއި، އޭގެ ރެކޯޑްތައް ބެލެހެއްޓުން
  8. އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އިޖުތިމާޢީ  ސަރަހައްދުތައް  ކުނިކެހުމަށް  ހަވާލުކޮށްފައިވާ  ސަރހައްދުތައް،  ކައުންސިލުން  ކަނޑައަޅާފައިވާ  މިންވަރާއި  ފެންވަރަށް  މަސަކަތްކުރޭތޯ  ބަލައި  މޮނިޓަރ ކުރުމާއި، ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، ރަށުތެރެ ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އިދާރީ މަސައްކަތްތައް ކުރުން
  9. ހެދިފައިވާ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ކަރަންޓާއި، ފެނާއި، ފާޚާނާ އާއި ނަރުދަމާ ނިޒާމް ފަދަ ޢާއްމު ޚިދުމަތްތައް ދިނުމާގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން

10. ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ  ބަނދަރުގެ ކަންތައްތައް ބެލެހެއްޓުމާއި، އެކަމަށް އެކަށަ އަޅަންޖެހޭ ޤަވާޢިދުތައްހަދާ ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11. ޕްރައިމަރީ ހެލްތުކެއަރ އާއި އާންމު ޞިއްޙީ ރައްކާތެރިކަމާއިގުޅޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.

12. ޕްރީސްކޫލް ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކައުންސިލުން ބޭއްވުމަށް ނިންމަވާ އެކިއެކި މުބާރާތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތައް ކުރުމާއި އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ރާވާ ހިންގުން.

13. ރަށުގެ ތިމާވެއްޓާއިގުޅޭ ކަންތައްތައް ރާވާ ހިންގުމާއި އޭގެ ރެކޯޑްތައް  ބެލެހެއްޓުން.

14. ރަށުގެ އިޖުތިމާޢީ މަރުކަޒާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ކުޅިވަރުގެ ވަޞީލަތްތަކާއި ޢާންމު ޕާރކްތަކާއި މުނިފޫހިފިލުވުމާއިބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުމާއި، މިތަންތަނުގެ ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުން.

15. އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ގެވެށިއަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާއި ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ، އެފަދަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

16. ރަށުގެ މިސްކިތްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތަކުގެ މަރާމާތުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.

17. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއިގުޅޭ ގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ޑްރައިވިންގ ލައިސަންސަން ހެއްދުމަށް ކައުންސިލުން ދެވޭ ޚިދުމަތްތައް ރާވާ ހިންގައި ބެލެހެއްޓުން

18. ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ޤަބުރުސްތާން ބެލެހެއްޓުމާއި ކައުންސިލް އިދާރާ ހިންގަވާ ވެރިޔާ ނުވަތަ ޑިރެކްޓަރ ނުވަތަ ޔުނިޓްގެ ވެރިޔާގެ ލަފާގެ މަތީން ކަށުކަމާކެމީގެ ކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ހިނަވާގެ ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.

19. ރަށުގެ އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.

20. ކައުންސިލުން ބަލަހައްޓަމުން ގެންދާ އާންމު ފެންހަންތަކަށް ރައްކާތެރިގޮތުގައި ފެންނެގުމާއި ފެން ދޫކުރުމާއި ފެންހަންތައް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން

21. ރަށުގެ މަގުހެދުމާއި، މަގުކޮށުމާއި މަގުމަގަށް ނަންކިޔުމާއި މަގުތައް ބެލެހެއްޓުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، މަގުތައް ބޭނުން ކުރުމަށް އެކިއެކި ފަރާތްތަކަށް ދޭންޖެހޭ ހުއްދަތައް ދިނުމާއި ގަވާއިދާ ޚިލާފަށް މަގުތައް ބޭނުންކުރާ ފަރާތްތަކަށް ގަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

22. ކައުންސިލްގެ އަހަރީ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި، މަސައްކަތާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައްހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

23. ކައުންސިލުގެ އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި ކައުންސިލް ބައްދަލުވުންތަކާއި އެކިއެކި މުނާސަބަތުތަކުގެ ފޮޓޯނެގުމުގެ އިންތިޒާމުތައް ހަމަޖެއްސުން

24. ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ޤަވާޢިދާއި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުމާއި ރަށުގެ އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން

25. ޔުނިޓަށް އަންނަ ސިޓީ، މެސެޖު، ފޯމު، ފެކްސް އަދި އީ މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި ޖަވާބު ދޭންޖެހޭ ސިޓީ، މެސެޖު، ފޯމު އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި މަސައްކަތައި ގުޅޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން

26. ކައުންސިލް އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ކަންތައްތައް ބެލެހެއްޓުމާއި ކައުންސިލާއި ޒިންމާދާރު ވެރިޔާއާއި ނުވަތަ ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން އައްޔަނުކުރާ މިނޫން ކޮމިޓީތަކުގައި ބައިވެރިވެ ކޮމިޓީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

27. ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުމާއި، ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޙާޟިރުނު ނުވެވޭ ގޮތް ދިމާވެއްޖެނަމަ ޔުނިޓުގެ އިންޗާޖް ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން.

  1. 28.  ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުމާއި ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް މަސައްކަތު ގަޑި ނިމުމުގެ ކުރިން ޒިންމާދާރު ވެރިޔާއަށް ރިޕޯޓް ކުރުން.

29. ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖްތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.

30. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަވައިޒަރުގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތުގައި ކެތްތެރިކަމާއި އެކު ހަރަކާތްތެރިވުން.

31. މީގެ އިތުރުންވެސް ވަޒީފާ އާއިގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުމާއި، ކައުންސިލާއި ކައުންސިލް އިދާރާގެ ވެރިންނާއި މުވާއްޒަފުންނަށް އެއްބާރުލުން ދިނުމާއި، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 151 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ކައުންސިލުން ކުރަންޖެހޭ މުނިސްޕަލް ސަރވިސް އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ޔުނިޓު ހެޑް ނުވަތަ ޒިންމާ ދާރުވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން ކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމާއި ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

65

35

40

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

ނޯޓު: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހުންގެ ކްރެޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ: %45(ސާޅިސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖުލައި 2019 ވާ ބުދަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ނުވަތަ [email protected]  އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޖުލައި 2019 އާއި 30 ޖުލައި 2019 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ.

ޝޯޓު ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580015 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

                04 ޛުލްޤަޢިދާ 1440

07 ޖުލައި 2019
ހޯދާ