މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔު.ޓީ.އެމް) ފެއަރ2019، 2020 އަދި 2021ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

ނަންބަރ: IUL) MMPRC-PRO/1/2019/46)

އިޢުލާން

 

ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔު.ޓީ.އެމް) ފެއަރ2019، 2020 އަދި 2021ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

 

އިނގެރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔު.ޓީ.އެމް) ފެއަރ 2019، 2020 އަދި 2021 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ކޯޕަރޭޝަނުން ވަކި ސީރިއަލް ނަމްބަރެއް ދީފައިވާ "ރިކުއިސްޓް ފޯރ ޕްރޮޕޯސަލް" (އާރ.އެފް.ޕީ) އެއް 2019 ޖުލައި 08 ން 2019 ޖުލައި 25 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 14:00 އާއި ދެމެދުގެ ވަގުތުތަކުގައި، ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނުން -/500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރަށް ލިބިވަޑައިގަންނަވާނެއެވެ. މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. އާރ.އެފް.ޕީ ގަންނަންވާނީ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔު.ޓީ.އެމް) ފެއަރ 2019، 2020 އަދި 2021 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމުގައެވެ.

 

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2019 އޯގަސްޓް 15 ވަނަ ދުވަހުގެ 15:00 ގައެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. އަދި ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރައްވަންވާނެއެވެ.  ސިޓީ އުރައިގެ ބޭރުގައި " ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔު.ޓީ.އެމް) ފެއަރ 2019، 2020 އަދި 2021 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ މުއްދަތު ހަމަވުމުން، ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލޫމާތު ޝީޓެއް ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.

 ޕްރޮޕޯސަލް ފޮނުވަންވީ އީމެއިލް އެޑްރެހަކީ؛ [email protected]       ކޮޕީކުރައްވާނީ [email protected]

 

އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

ފާތިމަތު ރަހީލް

ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް

ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު

މާލެ، ދިވެހިރާއްޖެ

 ފޯން:  3323228، 3331826

 އީ-މެއިލް: [email protected] and [email protected]

04 ޛުލްޤަޢިދާ 1440

07 ޖުލައި 2019

07 ޖުލައި 2019
ހޯދާ