ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލްއެއް ވަޅުލަދޭނެ ފަރާތެއް ހޯދުމަށް

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް މަގުކޮނެ ފައިބަރ  އޮޕްޓިކް ކޭބަލްއެއް ވަޅުލަދޭނެ ފަރާތެއް ހޯދުމަށް 12 ޖޫން 2019 ވަނަ ދުވަހު ކެރެވުނު ޢިޢުލާން (ނަންބަރު: (IUL) 164/1/2019/38) އަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލު ކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިދާރާގެ ވެބްސައިޓް www.ncit.gov.mv ގައި މައުލޫމާތު ކަރުދާސް ޝާއިރުކުރެވިފައިވާނެއެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް:

ޕްރޮކިއުމަންޓް ސެކްޝަން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3344000

އީ-މެއިލް:  [email protected]

 

 04 ޛުލްޤައިދާ 1440

‏07 ޖުލައި 2019

07 ޖުލައި 2019
ހޯދާ