ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ހެޑްއޮފީހުގެ 7 ވަނަ ފަންގިފިލާ އިންޓީރިއަރ ޑިޒައިންކޮށް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސް.ޓީ.އޯހެޑްއޮފީހުގެ 7 ވަނަފަންގިފިލާއިންޓީރިއަރޑިޒައިންކޮށްމަރާމާތުކުރުމުގެމަސައްކަތްކޮށްދޭނެފަރާތެއްހޯދަންބޭނުންވެއްޖެ.

އެސް.ޓީ.އޯ ހެޑްއޮފީހުގެ 7 ވަނަ ފަންގިފިލާ އިންޓީރިއަރ ޑިޒައިންކޮށް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

ރަޖިސްޓަރީކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2019 ޖުލައި 14 ވާ ދުވަހު 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 

ބީލަންކަރުދާސްދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ޖުލައި 14 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތުދިނުން:        ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ޖުލައި 15 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

 

ސުވާލާއިޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 ޖުލައި 16 ވާ ދުވަހުގެ 1500  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 ޖުލައި 17 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ޖުލައި 21 ވަނަ ދުވަހު 1100 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

 

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު:     3344180، 3344295

ފެކުސް:  3344633

އީމެއިލް: Contracting@stomaldives.net

                 

07 ޖުލައި 2019

07 ޖުލައި 2019
ހޯދާ