މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވާޢިޡު (ކޮންޓްރެކްޓް) މަޤާމަށް މީހުން ހޯދުން

މި އިޢުލާންވަނީ 07 ޖުލައި 2019 1632 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

މަޤާމް:

ވާޢިޡު

ބޭނުންވާ އަދަދު:

05 (ފަހެއް)

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 01 އަހަރު

މަޤާމު އޮތް ޑިވިޜަން /ސެކްޝަން/ޔުނިޓް:

އިސްލާމިކް އެފެއާޒް ޑިވިޜަން،

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މިނިސްޓްރީން އަންގާގޮތެއްގެ މަތީން މާލެއާއި އަތޮޅުތެރޭގައި

މުސާރަ މަހަކު:

-/13000ރ (ތޭރަހާސް ރުފިޔާ)

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް:

1. ސަރވިސް އެލަވަންސް މަހަކަށް -/2000ރ (ދެހާސް ރުފިޔާ)

2. ދީނީ ޚިދުމަތުގެ އެލަވަންސް، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް (ދިރިއުޅޭ ރަށުގައިނަމަ -/100ރ (ސަތޭކަ ރުފިޔާ)

3. ދީނީ ޚިދުމަތުގެ އެލަވަންސް، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް (ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައިނަމަ -/500ރ (ފަސްސަތޭކަ ރުފިޔާ)

 

މަސައްކަތް ކުރަންޖެހޭ ވަގުތު

1. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 15:00 އަށް،

2. މާލެއާއި އަތޮޅުތެރޭގައި ދީނީ ނަސޭޙަތްދިނުމަށް ހިންގާ ޕްރޮގްރާމްތަކުގައި ދީނީ ނަސޭޙަތްދިނުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މިނިސްޓްރީން ރާވާ ހިންގާ އެންމެހައި ޕްރޮގްރާމްތަކުގައި މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ދީނީ ނަސޭޙަތްދިނުމުގެ މަސައްކަތްކުރުން.
  2. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މިނިސްޓްރީން ރާވައި ހިންގާ ކަންކަމުގައި މި މިނިސްޓްރީން އަންގާގޮތެއްގެ މަތީން މަސައްކަތް ކުރުން.
  3. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ދިވެހި ރާއްޖެއިން ބޭރު ޤައުމެއްގެ އިސްލާމިކް ޔުނިވަރސިޓީއަކުން އަރަބިބަހުން، އިސްލާމީ ޝަރީޢާގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން. ނުވަތަ،

2. އެފަދަ ޔުނިވަރސިޓީއަކުން ދީނީ މާއްދާތައް ކިޔަވާފައިވާކަން އެނގޭ ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، މިސެޓްފިކެޓަކީ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްކަމުގައިވުން.

3. އަދި މި މިނިސްޓްރީން ދޫކުރާ ދީނީ ނަޞޭޙަތްދިނުމުގެ ހުއްދައޮތުމާއެކު 01 (އެކެއް) އަހަރު ދުވަހުގެ ދީނީ ނަސޭޙަތް ދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)  %30

2. ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ %20

3. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)  %50

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

 

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހޮވުމުގައި ފުރިހަމަ ޞިއްޙަތެއްގައިހުރި ފިރިހެނުންނަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

%55 (ފަންސާސް ފަސް ޕަސެންޓް )

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 13 އާއި 21 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ.

 

04 ޖުލައި 2019
ހޯދާ