ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވޮލޮޕަރ، ކޮންސަލްޓަންޓް - ސިވިލް ސަރވިސް ކޮމިޝަން

މަޤާމު:

ސޮފްޓްވެއަރ ޑިވެލޮޕަރ - ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

އުޖޫރަ (މަހަކަށް):

30000 ރުފިޔާ

މަސައްކަތު ވަގުތު:

ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުން

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެ)

ފެންވަރު ނުވަތަ ޝަރުތު:

ސޮފްޓްވެއަރ އިންޖިނިއަރިންގ، އިންފޯމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ކޮންމެހެން ބޭނުންވާ ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  1. ބޭނުންވާ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުން އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
  2. އެހެން މީހުންނާ އެކު މަސައްކަތްކޮށް އެޕްލިކޭޝަނުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެހެން ވީ އެންމެ އަވަހަކަށް މައްސަލަތައް ހައްލު ކުރުމާއި އާ އެޕްލިކޭޝަންތަކާއި އޭގައި އެކުލެވިގެންވާބައިތައް ތައްޔާރުކުރުން
  3. ސްޓޭންޑަޑްތަކާއި އެއްގޮތް ސޮފްޓްވެއާރ އާއި ގުޅޭ ޑޮކިއުމެންޓޭޝަން ލިޔެ ބެލެހެއްޓުނ.
  4. ސިސްޓަމް ޑިޒައިން ކުރުމާއި ޑިވެލޮޕްކުރުން

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު އަދި ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ސިޓީއާއި، ސީވީއާއި، އައިޑީ ކާޑު ކޮޕީއާއި، ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް، 2019 ޖުލައި 14 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށައަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ގާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާ އަށް ބަލައިގެންނެވެ. މި ގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ތަޢުލީމީ ފެންވަރު – (ކަނޑައެޅިފައިވާ އިންސައްތަ: 15)
  • މަސައްކަތުގެ ތަޖުރިބާ- (ކަނޑައެޅިފައިވާ އިންސައްތަ: 10)
  • އުފެއްދުންތެރިކަން – (ކަނޑައެޅިފައިވާ އިންސައްތަ: 30)
  • ގާބިލްކަން ހުރި މިންވަރު- (ކަނޑައެޅިފައިވާ އިންސައްތަ: 45)

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އެސަސްމަންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އެސެސްމަންޓް 2019 ޖުލައި 15 ން 2019 ޖުލައި 31 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، 20040 /މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓު http://www.csc.gov.mv ގައި ވާނެއެވެ.

 

1 ޛުލްޤައިދާ 1440

4 ޖުލައި 2019

04 ޖުލައި 2019
ހޯދާ