މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގދ.މަޑަވެލި ސިއްހީމަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

 

       ގދ.މަޑަވެލި ސިއްހީމަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

      މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 ޖުލައި 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ނުވަތަ ގދ.މަޑަވެލި ސިއްހީމަރުކަޒަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 14 ޖުލައި 2019 ވާ އާދިއްތަ ދުވަހު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އަދި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަދި ގދ.މަޑަވެލި ސިއްހީމަރުކަޒުގައި އޮންނާނެއެވެ.  

      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އަދި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަދި ގދ.މަޑަވެލި ސިއްހީމަރުކަޒު ގައެވެ.

      މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 ޖުލައި 2019 ވާ އާދިއްތަ ދުވަހު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

01 ޒުލްގައިދާ 1440

04 ޖުލައި 2019
ހޯދާ