މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ސިއްރު ވޯޓް ނެގުމާއި ގުޅޭ

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

         އުނގޫފާރު، ދިވެހިރާއްޖެ                                      ނަންބަރު: 47(IUL)303-AS/303/2019)

އިޢުލާން

 

ރައްޔިތުންގެ ސިއްރު ވޯޓް ނެގުމާއި ގުޅޭ

 

            އުނގޫފާރު ރައްޔިތުންގެ ނަމުގައި މިކައުންސިލުން ހިންގަމުންދާ އިންޖީނުގެ، ނަރުދަމާ، އަދި ފެނުގެ ނިޒާމްގެ އިތުރުން ކުނިކޮށި އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގާނީތޯ ނުވަތަ ސަރުކާރު ހިއްސާވާ މިފަދަ ހިދުމަތްތައް ދޭ ކުންފުންޏަކާއި ހަވާލުކުރާނީތޯ  ބެލުމަށް އުނގޫފާރުގައި ރައްވެހިވެފައިވާ ފަރާތްތަކުގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ސިއްރު ވޯޓްލުމުގައި އުނގޫފާރުގައި 2 ވޯޓް ފޮށި ބަހައްޓާނެކަމަށް ކުރިން އިޢުލާންކުރެވިފައިވީ ނަމަވެސް މިހާރު ނިންމާފައިވަނީ 1 ފޮށި ބެހެއްޓުމަށްކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

            ވޯޓްލުން ކުރިއަށްދާނީ އިރު ވޯޓްގެ އެންމެހާ ކަންކަން މޮނިޓަރކުރުމަށާއި އޮބްޒާވްކުރުމަށް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ ހަވީރު 17:00 އަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  އެކަން ހާމަކޮށް ކާކުކަން އަންގައިދޭ ލިޔުމާއިއެކު މިކައުންސިލަށް ސިޓީ ހުށަހެޅުމަށް ދަންނަވަމެވެ.

އޮފީސް ހުޅުވިފައި ހުންނާނެ ގަޑިތައް:

04 ޖުލައި 2019 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

05 ޖުލައި 2019، ހުކުރު ދުވަހު މެންދުރު ފަހު 14:00 ން 17:00 އަށް

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            01  ޒުލްޤައިދާ 1440

            04  ޖުލައި   2019   

04 ޖުލައި 2019
ހޯދާ