މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ނޯޓިސް

ގ. ގޮޅާގެ އެވެ ކިޔާ ގޯތިން ޢާއިޝަތު މަޢީޝާ (ދ.ރ.އ.ކ ނަންބަރުA000929 :) ދައުލަތަށް ދޫކޮށްލާފައިވާ ބިމަކީ "ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ އެއްބަސްވުމުގައިވާގޮތަށް" ދައުލަތަށް މިލްކުވެފައިވާ ބިމަކަށްވާތީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL) 138-AS1/1/2016/267  (22 ޑިސެމްބަރ 2016) ޢިއުލާނުން ބިން ހުސްކޮށް ދައުލަތަށް ހަވާލުކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ، މިއަދު (04 ޖުލައި 2019) ން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ބިން ހުސްކޮށް މި މިނިސްޓްރީއާ ހަވާލުކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބިން ހުސްކޮށް ހަވާލުނުކޮށްފިނަމަ މި މިނިސްޓްރީގެ ފަރާތުން ތަން ހުސްކުރާނެ ކަމުގައި ދަންނަވަމެވެ. އަދި މި މިނިސްޓްރީގެ ފަރާތުން ތަން ހުސްކުރުމުގެ ތެރޭގައި ތަނުގައި ހުންނަ ތަކެއްޗަށް ލިބޭ ގެއްލުމަށް މި މިނިސްޓްރީން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ޖުލައި 2019
ހޯދާ