ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެކޭނިކަލް އެސިސްޓެންޓް

            ވަޒީފާގެ ފުރުޞަތު

 60-ADM/2019/52

ނަންބަރ އިއުލާނަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ފޯރމް ލިބިފައިނުވާތީ އަލުން އެމަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މަޤާމް:

މެކޭނިކަލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

1

އަސާސީ މުސާރަ:

4940.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

އެޑްމިން އެންޑް އެޗް އާރް ޑިޕާޓްމެންޓް

އެހެނިހެން އިނާޔަތްތައް

 • އިތުރު އެލަވަންސްގެ ގޮތުގައި 2500.00ރ އާއި 3000.00ރ އާއި ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
 • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
 • މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
 • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
 • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތު

 • ވެހިކަލްތައް ބަލައި ތަހްލީލުކޮށް މަރާމާތުކުރުން އަދި ވެހިކަލްތަކުގެ މެއިންޓަނެންސް މަސައްކަތްކުރުން
 • އެސްޓީއޯގެ މެޝިނަރީ އާއި އެކަމާ ގުޅުންހުރި ވަސީލަތްތައް މަރާމާތުކޮށް މެއިންޓަނެންސް މަސައްކަތްކުރުން
 • އެސްޓީއޯގެ ޕްރޮޖެކްޓް ތަކުގެ އަމަލީ މަސައްކަތްތައް ކުރުން

 

ފެންވަރު ނުވަތަ ޝަރުތު

 • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ސެޓިފިކެޓް ލެވަލް 3 ފުރިހަމަ ކޮށްފައިވުން އަދި މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހެއް ކަމުގައިވުން

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޖުލައި 08 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
 • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
 • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
 • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
 • ގުޅޭނެ ނަންބަރު: 3344272 / އީމެއިލް އެޑްރެސް:hrd@stomaldives.net

03 ޖުލައި 2019

 

03 ޖުލައި 2019
ހޯދާ