މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

މަޤާމް:                    އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:             J-309669

ބޭނުންވާ ޢަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:              ވަގުތީ  

މަޤާމުގެ މުއްދަތު :             ވަޒީފާ ހަމަޖެހޭ ތާރީހުން ފެށިގެން 18 ޖޫން 2021ގެ ނިޔަލަށް  

މަޤާމުގެރޭންކް:                GS3   

މަޤާމުގެކްލެސިފިކޭޝަން:         އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/އިދާރާ:  އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:                   4465.00 ރުފިޔާ

ސަރވިސް އެލަވަންސް:          1500.00ރުފިޔާ

އެހެނިހެން އެލަވަންސް: ސަޕޯޓިންގ ކޯއެލަވަންސް: 700.00 ރުފިޔާ 

އިތުރު އިނާޔަތް:              ސިވިލް ސާރވިސް ޤަވާއިދުގައި ވާގޮތުގެ މަތިން އިތުރު ގަޑީ ގައި                       ކުރާމަސައްކަތައް އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:  

  1.   އިޤްތިޞާދީ ތަރައްޤީއާބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.

  2. ކައުންސިލަށް ޢާމްދަނީ އިތުރުކުރެވޭގޮތްތައް ބަލާ ހޯދާ އެކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ އެންމެހައި އިދާރީ މަސައްކަތްތައްކުރުން.

  3. ކައުންސިލުން އުފައްދާ ޓްރަސްޓް ފަންޑުތަކުގެ މަސައްކަތް ވިލަރެސްކޮށް އާމްދަނީ އިތުރުކުރެވޭނެ އެންމެހައި ގޮތްތަކަށް އެކަންކަން ބަލަހައްޓަމުން ގެންދިއުން.

  4. ފިހާރަތަކާއި ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓުތަކާއި، އަދި މިނޫންވެސް މިފަދަ ތަންތަނުގެ ކަންތައްތައް ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ހުރޭތޯ ބަލާ އިސްލާޙީ ފިޔަވަޅު އެޅުމާބެހޭ މަސައްކަތްތައް ކުރުން.

  5. ދިމާވާކުއްލިނުރައްކަލުގެ ޙާލަތްތަކުގައާއި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

  6. އިޤްތިޞާދީގޮތުން ތަރައްޤީގެނައުމަށްޓަކައި މަސައްކަތްތެރިކަމުގެ ދާއިރާތަކާގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައްކުރުމާއި އެދިރާސާތަކުގެ އަލީގައި އިދާރީގޮތުން ކައުންސިލުން ކުރަންވާ ކަންތައްތައް ކުރުން.

  7. އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅުހޯދުމާއި މިލްކުކުރުމާއި އަދި މިފަދަތަންތަން އެހެންފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކްކުރުމާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

  8. ރަށުކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.

  9. އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި، އަދި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަތަކެތި އެހެންފަރާތްތަކަށް ކުއްޔަށްދޫކުރުމާއި ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

  10. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމާއި، މާލީއިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، ތަފާތުއެކިއެކި ކަންކަމަށް ފަންޑު އެފެއްދުމާއިބެހޭގޮތުން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައްކުރުން.

  11. ރަށުގެ ފަރާއި ފަޅުފަދަ ޤުދުރަތީވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައްކުރުން.

  12.  ޢާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުންދޭ ޚިދުމަތްތައް، ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ހުރޭތޯބަލާ ޗެކްކުރުމާއި އަދި މިކަންކަމާގުޅިގެން އަޅަންޖެހޭ އެންމެހައި އިދާރީ ފިޔަވަޅުތައް އެޅުން.

  13.  ކައުންސިލުން ރަށްހިންގުމަށްޓަކައި ހަދާފައިވާ ޤަވާޢިދުތައް ޢާންމުންނަށް އަންގައިދިނުމާއި އެޤަވާޢިދުތަކަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

  14.  ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާ މަސްޢޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަންޖެހޭ ޤަވާޢިދުތައް ހެދުމާބެހޭ މަސައްކަތްތައް ކުރުމާއި ޤަވާޢިދުތައް ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

  15. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ އެންމެހައި އިދާރީ ކަންކަން ކުރުން.

  16.  ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާއި، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ތަކާއި އެންމެހައި އަމަލީ މަސައްކަތްތައް ކުރުން.

  17.  ފިހާރަ، ހޮޓާ، ކެންޓީން، ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގެ ހުއްދަދޫކުރުމާއި ބާތިލްކުރުމުގެ ކަންކަންކުރުން.

  18. ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރުން.

  19. ސަލާމަތީ ސެޓްފިކެޓާއި ، ސާފުތާހިރުކަމުގެ ސެޓްފިކެޓް ދޫކުރުމަށްޓަކައި އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ބެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އުޅަނދު ފަހަރު ސަރވޭކުރުމުގެ އިދާރީ މަސައްކަތްކުރުން.

  20.  ކޯޓާހޯދުމަށްހުށައަޅާ ފަރާތްތަކުން މަސައްކަތްކުރާ ސައިޓްތައް ޗެކްކުރުން.

  21. ޢިމާރާތް ބޭނުންކުރުމުގެ ހުއްދައާއި ބިން ބޭނުންކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ މަސައްކަތްތައް ކުރުން.

  22. މަސްވެރިކަން ކުރުމުގެ ލައިންސަންސް ދޫކުރުމާއި ބެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

  23.  ޙަވާލުކުރެވިފައިވާ މަސައްކަތަކާގުޅިގެން ފުރިހަމަކުރަންޖެހޭ ރެކޯޑްތައް ފުރިހަމަކުރުމާއި ހަދަންޖެހޭ ރިޕޯރޓްތައް ހެދުމާއި، ފޮނުވަންޖެހޭ ތަންތަނަށް ރިޕޯރޓްތައް ފޮނުވުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

  24.  މީގެ އިތުރުންވެސް ވަޒީފާގެ މަސްޢޫލިއްޔަތާގުޅިގެން ޒިންމާދާރުވެރިޔާ ނުވަތަ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތު ޙަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

މަޤާމުގެ ޝަރުތުތައް

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:  

1 ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ، މިކައުންސިލްގެ ކައުންޓަރުން) ލިބެންހުންނާނެއެވެ.

2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު: (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކަކުން ދޫކޮއްފައިވާ   ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި   ފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮއްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ،  

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ،                       

7. ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ        

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :                                                        

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން.                                                                                  

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ  ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.                                                                                                                           

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ތައުލީމީފެންވަރު، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބެލޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާތަކެތި ހުށައަޅާނީ 11 ޖުލައި 2019 ވަނަ ދުވަހުގެ 13:00 ގެކުރިން އަލިފުށީކައުންސިލްގެއިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް [email protected]  ށް ފޮނުވުމުންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ޖުލައި 2019 ވާ ހޮނިހިރު ދުވަހު ، އަލިފުށީ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ޝަރުޠުފުރިހަމަވާ ހުރިހާފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.

 

        މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ މިއިދާރާގެ ފޯނު ނަންބަރު 6580021 އަށެވެ.

29 ޝައްވާލް 1440

03 ޖުލައި 2019

03 ޖުލައި 2019
ހޯދާ