ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު      

ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް މިކުންފުނިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އެންމެ ފަހުން ކުރެވުނު އިޢުލާނުގެ ދަށުން، ދ އަތޮޅަށް ކުރިމަތިލައްވާފައިވާ ފަރާތްތަށް މަދު ވުމާއިއެކު، އަލުން ބީލަމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ އެޖެންޓެއްގެ ގޮތުން ދ އަތޮޅުގެ ފެނަކަ ބްރާންޗްތަކަށް ޑީސަލް ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • މަޢުލޫމާތު ސާފުކުރުން: 8 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައެވެ.

މައުލޫމާތުގެ ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331453 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

03 ޖުލައި 2019
ހޯދާ