ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

  • މި އިންސްޓިޓިއުޓަށް  7 ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު  ނަންބަރު  (IUL)451-FP/1/2019/12 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެތެރޭގައި  ޝަރުތު ހަމަވާ ފަރާތެއް ނެތުމުން 07 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް އަލުން އިޢުލާން ކުރީމެވެ.  މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.  
  • މި ޕްރޮޖެކްޓްގައި ބައިވެރިވަން އެދޭ ފަރާތްތަކުން 2019 ޖުލައި 04 އިން ފެށިގެން 2019 ޖުލައި  08 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • މި ޕްރޮޖެކްޓު  އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ 2019 ޖުލައި 09 ވަނަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އީ މެއިލްއަށް ފޮނުއްވައި ދެއްވުން އެދެމެވެ.
  •  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖުލައި 11 ވަނަ ދުވަހު 11:00ގައި ޤާޒީބިލްޑިންގ  2ވަނަ ފަންގި ފިލާގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާނެއެއެވެ.
  • ނަންނޯޓް ކުރުމާއި، އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ.

އީ.މެއިލް:   [email protected]

 

            ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511

 ނަމްބަރ ފޯނާއެވެ.

03 ޖުލައި 2019
ހޯދާ