އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ.މާމިގިލި ޞިއްޙީމަރުކަޒުގައި އެމަރޖެންސީ ފަރުވާދޭ ބައެއްހެދުމަށް ކުރަންހުރި މަސައްކަތްތައްކުރުން

އދ.މާމިގިލި ޞިއްޙީމަރުކަޒުގައި އެމަރޖެންސީ ފަރުވާދޭ ބައެއްހެދުމަށް ކުރަންހުރި މަސައްކަތްތައްކުރާނެ ފަރާތެއް ހޯދުމަށް ކުރިންކުރި (ނަމްބަރު:(IUL)ADAH-AH/INDIV/2019/13) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަފައި ނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 03 ޖުލައި 2019 ވާ ބުދަ ދުވަހުން ފެށިގެން 10 ޖުލައި 2019 ވާ ބުދަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ.މާމިގިލި ޞިއްޚީމަރުކަޒުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި ޞިއްޙީމަރުކަޒު ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި އދ.މާމިގިލި ޞިއްޚީމަރުކަޒު ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

02 ޖުލައި 2019
ހޯދާ