ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒިފާގެ ފުރުސަތު ( ރިސެޕްޝަނިސްޓް )

      

މަޤާމު

ރިސެޕްޝަނިސްޓް

މަޤާމުގެ ނަންބަރު

J-255684

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ހިތާދޫޞިއްޙީމަރުކަޒު / ބ. ހިތާދޫ

މުސާރަ

-/4465ރ ( ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ )

ސަރވިސް އެލަވަންސް

-/1500ރ ( ފަނަރަސަތޭކަ ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް

-/700ރ ( ހަތްސަތޭކަ ރުފިޔާ )

އެހެނިހެން އެލަވަންސް:

-  ރިސްކް އެލަވަންސް ( ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން )

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީމަރުކަޒަށްޑޮކްޓަރަށް ދެއްކުކުމަށް އަންނަ ފަރާތްތަށް ރަޖިސްޓްރީ ކޮށް މެމޯދޫކުރުން.
  2. ޞިއްޙީމަރުކަޒަށް މައުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދިނުން   އަދި އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިވެ މަގުދައްކައި ދިނުން
  3. ކަނޑައެޅިފައި އޮންނަ ޑިއުޓީ ތަކުގައި ރިސެޕްޝަނަށް އަންނަ ފޯނުކޯލްތަކަށް ރީތިބަހުން ޖަވާބުދާރީ ވުމާއި، ފޯންކޯލްތައް ގުޅުވައިދޭންޖެހޭ ފަރާތްތަކަށް ގުޅުވައި ދިނުން.
  4. ރިސެޕްޝަނުން ނަގަންޖެހޭ ފައިސާ ނެގުމާއި، އެފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުން
  5. ތަރުޖަމާނުން ނެތިދާޙާލަތުގައި އޯޕީޑީގައި ތަރުޖަމާ ކުރުމުގެ މަސައްކަތްކުރުން
  6. ރިސެޕްޝަނުގައި ބޭނުންކުރާ ލިޔެކިއުންތައް ގަވާއިދުން ބެލެހެއްޓުން
  7. ބަލިމީހުންގެ ތަފާސް ހިސާބު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ކަނަޑައެޅިފައިވާގޮތުގެ މަތިން އެމައުލޫމާތު ފޯރުކޮށް ދޭންޖެހޭ ފަރަތްތަކަށް ފޯރުކޮށް ދިނުން
  8. އާސަންދަ ބިލްތައް ހެދުމާއި އިންވޮއިސް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  9. އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުމާއި، އެޑްމިން އޮފިސަރ ނެތިދާ ހާލަތްތަކުގައި އިދާރީ މަސައްކަތްތައް ކުރުން
  10. މީގެ އިތުރަށް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ޑިއުޓީގައި ހުންނަވާ ޝިޕްޓް އިންޗާރޖް ހަވާލުކުރާ މަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވެކުރުން.

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދާސްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރެޑް ލިބިފައިވުން-

ގުޅޭވަޒީފަގެ ދާއިރާތައް

- އެޑްމިނިސްޓްރޭޝަން

- ކަސްޓަމަރސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި  ބ. އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަނުންނާއި، ބ.ހިތާދޫ ޞިއްޙީމަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތައުލީމާއި ތަމްރީނު (ލިބިފައިވާ ތަޢުލީމާ، މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނު )

2-  މަސައްކަތުގެ ތަޖުރިބާ ( މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ )

3-  ލިބިފައިވާ ހުނަރު( އިންޓަރވިއު / ޕްރެކްޓިކަލްސް )

4-  އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިމްތިހާން) އަށް ބަލައިގެން

ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓް ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖުލައި 2019 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލްމެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 16 ޖުލައި 2019 އާއި 25 ޖުލައި 2019 އާ ދެމެދު، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

02 ޖުލައި 2019
ހޯދާ