ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް އުސޫލުން)

ވަޒީފާގެ ފުރުޞަތު

 

މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް 1

މުސާރަ

މަހަކު 5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 3000 ރުފިޔާ

ރިސްކް އެލަވަންސް

50 ރުފިޔާ  (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް)

މުއްދަތު

07 މަސް ދުވަސް

އެހެނިހެން

 

މަގާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

 

 

 

ތައުލީމީ ފެންވަރު:

-          މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ (ލެވެލް 5) ހާސިލްކޮށްފައިވުން

މަސައްކަތުގެ ތަޖުރިބާ:

-          އެޑްމިނިސްޓްރޭޝަން، ފައިނޭންސް ނުވަތަ ހިއުމަން ރިސޯސަސް ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

  1. އޮތޯރިޓީގެ މެއިން ލައިނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދީ، ކަމާގުޅޭ ފަޜާތްތަކަށް ގުޅުވައިދިނުމާއި، ލިބޭ ސިޓީއާއި އެހެނިހެން ތަކެތި (އީމެއިލުން ލިބޭ ސިޓީއާއި ތަކެތި ހިމެނޭ ގޮތަށް) އެންޓްރީކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުމާއި، އެންޓްރީކުރުމަށްފަހު ހަވާލުކުރާ ސިޓީއާއި އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ޑިޕާޓްމަންޓްތަކަށް ދުވަހުން ދުވަހަށް ރައްދުކުރުމާއި އާންމުކޮށް ފައިލްކުރަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ފައިލްކޮށް ފަސޭހައިން ފެންނާނެހެން ތަރުތީބުކޮށް ބެލެހެއްޓުމާއި، އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުމާއި ސުޕަވައިޒްކުރުން.
  2. އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުންތައް އިންތިޒާމް ކުރުމަށް ސީ.އީ.އޯއަށް އެހީތެރިވުމާއި، ބޯޑުގެ ލިޔެކިއުންތައް ސީ.އީ.އޯގެ އިރުޝާދުގެ މަތިން ބެލެހެއްޓުމާއި، ބޯޑު މެންބަރުންނަށް ސިޓިންގ އެލަވަންސް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި އެކަމާގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  3. އޮތޯރިޓީގެ ތިޖޫރީ ބެލެހެއްޓުމާއި ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާގުޅިގެން ތައްޔާރުކުރަން ޖެހޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެކަމާ ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  4. ބިޑްކޮށްގެން ހޯދަންޖެހޭ ތަކެތި ފިޔަވައި އޮތޯރިޓީގެ ލިޔެކިއުމަށާއި، އެނޫންކަންކަމަށް އޮތޯރިޓީއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުށާދާއެކު ކުރުމާއި އެކަމާ ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  5. އޮތޯރިޓީގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުމާއި، އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވައިދުން ރެކޯޑް ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  6. މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އޮތޯރިޓީގެ ސްޓޮކް ބެލެހެއްޓުމާއި އެކަމާ ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  7. ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމްގެ އެޑްމިނިސްޓްރޭޓަރގެ ރޯލް އަދާކުރުމާއި އެ ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތްކުރުން.
  8. އޮތޯރިޓީގެ އެނުއަލް ވަރކްޕްލޭން ތައްޔާރުކުރުމަށް ސީ.އީ.އޯއަށް އެހީތެރިވުމާއި، ސީ.އީ.އޯގެ އިރުޝާދުގެ ދަށުން އެނުއަލް ވަރކް ޕްލޭން މޮނިޓަރކުރުން.
  9. އަހަރު ރިޕޯރޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ކޮމްޕައިލްކުރުމާއި އަހަރު ރިޕޯޓް ތައްޔާރުކުރުމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތަކުގައި ސީ.އީ.އޯއަށް އެހީތެރިވުމާއި އަހަރު ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  10. ސީ.އެސް.ޓީ.އައިއާއި ގުޅިގެން ހިންގާ ޓްރެއިނިންގތަކަށް މުވައްޒަފުން ނޮމިނޭޓްކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

11. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 

1- 1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

 

2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

3-  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

 

އިތުރު މަޢުލޫމާތު:

1-      މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-      މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.  

3-      މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓް އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4-      އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

 

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 11 ޖުލައި 2019 ވަނަދަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުން ހަމަކޮށް، ސުންގަޑީގެ ކުރިން [email protected] އަށް ފޮނުވާ އީ-މެއިލްވެސް ބަލައިގަނެވޭނެއެވެ.

 

ނޯޓް:ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން:

http://fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv                                        

ފޭސްބުކް: www.facebook.com/fpa.maldives

 

 

30 ޝައްވާލް 1440

02 ޖުލައި 2019

02 ޖުލައި 2019
ހޯދާ