ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މުންޑޫ މަސްޖިދުލް އަމާނާތު ގޯތީގެ ވަށާފާރު ރާނާދޭނެ ފަރާތެއް ޙޯދުމާއި ގުޅޭ(.)

ލ.މުންޑޫ މަސްޖިދުލް އަމާނާތު ގޯތީގެ ވަށާފާރު މި އިދާރާއިން ދައްކާ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

               ވީމާ  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީހް

ދުވަސް

ގަޑި

މައުލޫމާތު ސާފުކުރުން

މުންޑޫ ކައުންސިލްގެ އިދާރާ

11 ޖުލައި 2019

ބުރާސްފަތި

10:00

އެސްޓިމޭޓް ހުށައެޅުން

މުންޑޫ ކައުންސިލްގެ އިދާރާ

15 ޖުލައި 2019

ހޯމަ

10:00

            މައުލޫމާތު ސާފްކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނު (2014/18) ދަށުން މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތަކަށެވެ.  މައުލޫމާތު ސާފްކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށައެޅުމަށް ގަޑިޖެހިގެން އަންނަ ބޭފުޅުން ބައިވެރި ނުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

02 ޖުލައި 2019
ހޯދާ