މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިޢުލާންވަނީ 01 ޖުލައި 2019 21:42 ގައި ބާތިލް ކުރެވިފައެވެ.


އިއުލާން

މަސައްކަތު

މަގާމް:

J-308984

މަގާމުގެނަންބަރު:

1

ބޭނުންވާއަދަދު:

ދާއިމީ

މަގާމުގެގިންތި:

އެސް،އެސް، 1

މަގާމުގެރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަގާމުގެކްލެސިފިކޭޝަން:

ކ. ގުރައިދޫ މިސްކިތް / މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ / ކ. ގުރައިދޫ

ވަޒީފާއަދާކުރަންޖެހޭތަން:

3,100/- ރުފިޔާ (މަހަކު)

މުސާރަ:

1,000/- ރުފިޔާ (މަހަކު)

ސަރވިސްއެލެވަންސް:

1-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2-ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

4-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1,200 ރުފިޔާ (މަހަކު).

އެހެނިހެންއެލަވަންސް:

  1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތުގެ އެތެރެއާއި ފާޚާނާ/ ފެންއިސްކުރުބަރި ސާފް ތާހިރު ކުރުން
  2. ޖަމާޢަތުގެ ނަމާދުކޮށްނިމިގެން މީހުން މިސްކިތުން ފޭބުމުން އެއަރކޮންޑިޝަން، ފަންކާ އަދި ލައިޓް ފަދަ ކަރަންޓް ބޭނުން ކުރާ ތަކެތީގެ ތެރެއިން ކޮންމެހެން ބަހައްޓަންޖެހޭ އެއްޗެއް ފިޔަވައި އެހެން ހުރިހާ އެއްޗެތީގެ ކަރަންޓް ކެނޑުން.
  3. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު މިސްކިތު ގޯތިތެރެއާއި މިސްކިތް ހިމެނޭމަގު ކުނިކަހާ ސާފް ތާހިރުކުރުމާއި އެކު ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  4. ކޮންމެ ހަފްތާއަކު މަދުވެގެން 2 ފަހަރު މިސްކިތުގެ ހުރިހާ ބިއްލޫރި ތަކާއި، ފަންކާ ،އޭސީ ، ފަރނީޗަރ ހޮޅިބުރި / ލައިޓްތައް ސާފްކުރުން.
  5. މިސްކިތުގައި ކާޕެޓް އަޅާފައިވާނަމަ ދެރޭން އެއްރޭ ކާޕެޓް ސާފުކޮށް ވެކިއުމް ކުރުން
  6. ކައުންސިލްގެ އިދާރާއިން ނުވަތަ އިމާމު/މުދިމު ހަމަޖައްސަވާ ގޮތެއްގެ މަތިންމިސްކިތުގެ ގޯތިތެރޭގައި ބަގީޗާފަދަ ގަސްތައް އިންދައި ހައްދައި ގަސްތައް ކޮށައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  7. މިސްކިތުގެ ވަޅުދިޔަ ހިއްކަންޖެހޭ ވަގުތުތަކުގައި އެމަސައްކަތް ކުރުމާއި އަދި ފުރާޅާއި ދިޔަދޮވި ސާފުކުރުމާއި މިސްކިތުގެ ގޯތިތެރޭގައި ބަހައްޓާފައި ހުންނަ ފެންތާނގީތައް ސާފު ކުރުން.
  8. ރަމަޟާން މަހާއި ގުޅިގެން ކުރެވޭ ތަރާވީޙު ނަމާދާއި ދަމުނަމާދުގެ އިތުރުން ހުކުރު ނަމާދާއި ޢީދުނަމާދާއި ކޭތަ ނަމާދުތަކަށް މިސްކިތް ތައްޔާރުކުރުން.
  9. ރަމަޟާންމަސްފަދަ ޚާއްޞަ މުނާސަބަތަކަށް ނުވަތަ އެނޫންގޮތަކަށްވިއަސް މިސްކިތުގެ ކުލަ/ދަވާދުލުމާއި މިސްކިތް ޒީނަތްތެރިކުރުންފަދަ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އެ މަސައްކަތް ކުރުން.
  10. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު/މުދިމް އަދި ކައުންސިލްގެ އިދާރާއަށް އެންގުން.
  11. އަދި މީގެ އިތުރުން، މިއިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

1- ލިޔަން ކިޔަން އެނގުން. (ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.)

މަޤާމުގެޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ކ. ގުރައިދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް  ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތު  އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ހުށަހަޅަންޖެހޭލިޔުންތައް:

 

  1. ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު  (%26)
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އާއި ލިބިފައިވާ އެހެނިހެން ހުނަރު  (%26)
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން (%48)

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 9 ވާ އަންގާރަ ދުވަހުގެ  12:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޖުލައި 14 އާއި 2019 ޖުލައި 16 އާއި ދެމެދުގައެވެ. އިންޓަރވިއު އޮންނާނީ މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

އިންޓަވިއުއޮންނާނެތަނާއި،މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6640072 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.

01 ޖުލައި 2019
ހޯދާ