މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުން

އިޢުލާން

ރ.މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުން

ރ.މާކުރަތު  އުތުރުފަރާތު ބަނދަރު ސަރަހައްދުގައި މިކައުންސިލުގެ ހުއްދައަކާނުލާ ތަފާތު މުދަލާއި އެހެނިހެން ތަކެތި ބަހައްޓާ ނުނަގާ ހުންނަތާ ގިނަދުވަސްވެފައި ހުންނަކަން ވަނީ ފާހަގަވެފައެވެ. އަދި މިފަދަ ތަކެތި ހުރުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫވަމުންދާ ވާހަކަ ދެންނެވީމެވެ.

 ބަނދަރު މަތީ ބެހެއްޓިފައިވާ ތަކެތި ނެގުމަށް މިއިދާރާގެ ނަންބަރު: (IUL)305/305/2019/54 (02 ޖޫން 2019) އިއުލާނުންވެސް ވަނީ އާންމުކޮށް އެންގިފައެވެ. މިހެންކަމުން  މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި (07 ޖުލައި 2019 ގެ ނިޔަލަށް) ބަނދަރުގައި ހުރި ތަކެތި ނަގާ ސާފުކުރުމަށް އެންގީމެވެ. މިމުއްދަތު ހަމަވާއިރު  ނުނަގާ ހުރި ތަކެތި މިކައުންސިލުގެ ފަރާތުން ނަގާ ނައްތާލުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިގޮތަށް ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ. އަދި ކައުންސިލްގެ ހުއްދައަކާ ނުލާ ތަކެތި ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅަމުންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ޝައްވާލް 1440

01 ޖުލައި 2019
ހޯދާ