މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓެންޓް ހައުސް ކީޕަރ

އިޢުލާން

 

މަޤާމް:

އެސިސްޓެންޓް ހައުސް ކީޕަރ

މަޤާމުގެ ނަންބަރު:

J- 309639

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 3  

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3   

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޑަކުދިންގެ ހިޔާ، ވިލިމާލެ

މުސާރަ:

-/3875 ރުފިޔާ

ސަރވިސް އެލެވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/1200 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ފައިސާ
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކާބޯތަކެތި ތައްޔާރުކުރުމުގައި ހިފަހައްޓަންޖެހޭ މިންގަޑުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޢަމަލުކުރެވެމުންދާގޮތް ބަލާ، މޮނީޓާރކޮށް ރަގަޅު ކުރަންޖެހޭ ކަންތައްތަކަށް އިރުޝާދުދީ، މިކަމަށްޓަކައި ބޭނުންވާތެތި ހޯދައިދިނުމުގެ އެންމެހާ މަސައްކަތް ކުރުން.
  2. ކުޑަކުދިންގެ ހިޔާގައި ކޮންމެ ދުވަހެއްގައިވެސް އެދުވަހުގެ މެނޫ ޝީޓް އާއި އެއްގޮތައް ގަޑިންގަޑިއަށް ބަދިގެ މުވައްޒަފުން ލައްވާ ކައްކާ ކާންހަދާ، ކާންދިނުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  3. ބަދިގޭގައި ތައްޔާރު ކުރާ ކާބޯތަކެއްޗަކީ ކުދިނަށް އެކަށީގެންވާ ފެންވަރުގައި، ރަހަ މީރުކޮށް، ތައްޔާރު ކުރެވޭ ތަކެތިކަމުގައި ހެދުމަށް، ކޮންމެ ދުވަހަކު ކައްކާ ތަކެތި ބެލުން.
  4. ކާބޯތަކެތި ރައްކާކޮށް ސްޓޮކް ބެލެހެއްޓުމާއި ކައްކާ މުވައްޒަފުންނަށް އެވަގުތައް ކައްކަން ބޭނުންވާ ތަކެތި ދޫކުރުން.
  5. ކާބޯތަކެތި ރައްކާކުރާ ސްޓޮކްގެ ކަބަޑުތަކުގައި ތަކެތި އަތުރާއިރު އަވަހަށް މުއްދަތު ހަމަވާ ތަކެތި އަވަހަށް ނެގޭނެހެން ބެހެއްޓުމާއި، ކެއްކުމަށް ބޭނުންކުރާ ތަކެތީގެ މުއްދަތުހަމަވެފައިވޭތޯ ބެލުމަށްފަހު ބޭނުން ކުރަން ދޫކުރުން.
  6. ކާބޯތަކެތި ސްޓޮކް ކޮށްފައި ހުންނަ ތަނަށް ބުޅާ، މީދާ ،ހިކަނދި،ކުރަފި،ހޯނު ފަތަ ތަކެއްޗަށްނުވަދެވޭނެހެން ރައްކާތެރި ކަމާއެކު ބެލެހެއްޓުން.
  7. ކެއުމަށްފަހު ބާކީވާތަކެއްޗާއި އުކާލެވޭ ކާބޯތަކެތި މަތިޖެހި ޑަސްބިނަކަށް އެޅުމުގެ އިންތިޒާމް ހަމަޖެއްސުމާއި އަދި ޑަސްބިނަށް ދިރޭސޫފާސޫތްޕަށް ނުވަދެވޭނެހެން އަބަދުވެސް މަތިޖެހިފައި ބަދިގެ، ކާގެ އާއި އެކަށީގެންވާ ދުރު މިނެއްގައި ބެހެއްޓުން.
  8. ކޮންމެދުވަހަކުވެސް ކުނިނައްތާލުމަށްފަހު ޑަސްބިން ސާފުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  9. ބަދިގެ މަސައްކަތް ނިމުމަށްފަހު ހަފްތާއަކު ތިންދުވަހު ބަދިގެ، ކާގެ އަދި ބަދިގެ ބޭރުގައިވާ ސަރަހައްދު ޑިސްއިންފެންޓް ކުރުން. އެގޮތުން ސެވްލޯން،ޑިޓޯލް،ބްލީޗް ފަދައެއްޗަކުން ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހުކުރު، މި 3 ދުވަހު މަތީގައި ދެންނެވި ސަރަޙައްދު ޑިސްއިންފެންޓް ކުރަންވާނެއެވެ، މީގެ އިތުރުން ކޮންމެ އިރަކު ކައްކާ ނިމުމުން ބަދިގެ ސާފުކުރަންވާނެއެވެ، ކޮންމެ އިރަކު ކުދިން ކައި ނިމުމުން އަންހެން ކުދިންގެ އަދި ފިރިހެން ކުދިންގެ ކާގެ ސާފު ކުރެވި މޮޕް ކޮށް އަދި އަތްދޮންނަ ތަށި ސާފުކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  10. ކޮންމެ ދުވަހަކު ދެއިރު އައިސްއަލަމާރި ރެފްރިޖެރޭޓަރ ޗެކް ކުރުމަށް ފަހު ތާވަލްގައި ނޯޓް ކުރަންވާނެއެވެ.
  11. ކާތަކެތި ތައްޔާރުކުރުމުގައި ޙަރަކާތްތެރިވާ މުވައްޒަފުން ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާއިރު ސާފްތާހިރުކޮށް ތިބިކަން ކަށަވަރުކުރުން.
  12. ބަދިގެ މުވައްޒަފުންގެ މަސައްކަތް މޮނީޓަރ ކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  •   ގްރޭޑް 7 ނިންމާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • ޝިފްޓް އުސޫލުން މަސައްކަތްކުރެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް(ބިއްލޫރިޖެހިގެ، މަޖީދީމަގު) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި ނުވަތަ 2019 އޮގަސްޓް މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް(ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027520 ނަންބަރު ފޯނަށެވެ.

    28 ޝައްވާލް 1440ހ

01 ޖުލައި   2019މ

 

01 ޖުލައި 2019
ހޯދާ