މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާ ކޭމްޕް ސައިޓްގައި ކުރަން ހުރި މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން.

                                                                                 ނަމްބަރ: (IUL)334/334/2019/75 

 

އިޢުލާން

ކ.ހުރާ ކޭމްޕް ސައިޓްގައި ކުރަން ހުރި މަރާމާތުތަށް ކޮށްދޭނެ ފަރާތެއް ހޯދުން.

             މިރަށު ކޭމްޕް ސައިޓްގައި ކުރަން ހުރި މަރާމާތުތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 20 ޖޫން 2019ގައި ކުރި އިޢްލާން ނަންބަރު:  (IUL)334/334/2019/68 އަށް އެއްވެސް ފަރާތަކުން މަޢްލޫމާތު ސާފުކޮށްފައި ނުވާތީ އެ އިޢްލާން ބާތިލުކޮށް އަލުން އިޢްލާން ކުރަމެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތް ތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންވަމެވެ.

          

                             28 ޝައްވާލް 1440 

                             01 ޖުލައި  2019  

01 ޖުލައި 2019
ހޯދާ