ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ކައުންސިލަރ މަގާމަށް މީހަކު ހޯދުމަށް

Himmafushi School

K. Himmafushi

Rep. of Maldives

a

ހިންމަފުށީ ސްކޫލް

ކ.ހިންމަފުށި،ދިވެހިރާއްޖެ

GS141/MIS /2019 /08 :ނަންބަރ

ތާރީޚް: 30 ޖޫން 2019

ވަޒީފާގެ ފުރުޞަތު

މަޤާމް:

ކައުންސެލަރ

މަޤާމް ނަންބަރ

J-274965

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް

އެމް އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިންމަފުށީ ސްކޫލް

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެންއެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް އަށް މަހަކު 700.00 ރުފިޔާ

އިތުރުޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. - މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލުގެ "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ނުވަތަ ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށް ތައްޔާރުކޮށްފައިވާ އުޞޫލުތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ތަންފީޒުކުރުން.
  2. ކައުންސެލިން ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި އެދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ރެކޯޑު ބެލެހެއްޓުމާއި ދަރިވަރުންނާއި ޓީޗަރުންނާއި ގުޅިގެން މަސައްކަތްކުރުން.
  3. ޓީޗަރުންނަށް ސްޓްރެސް މެނޭޖްމަންޓާއި ނަފްސާނީ ދުޅަހެޔޮކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތައް ސްކޫލުގެ މެނޭޖްމަންޓާއި މަޝްވަރާކޮށްގެން ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ރާވައި ހިންގުމާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ މަޢްލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  4. ދަރިވަރުންނަށް ލައިފް ސްކިލްގެ ގަޑިތައް ނަގައިދިނުމާއި ޚާއްޞަ ޕްރޮގްރާމްތަކުގައި ދަރިވަރުންނަށް ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިވެދިނުމާއި އެޕްރޮގްރާމްތަކުން ދަރިވަރުން ޙާޞިލްކުރާ މިންވަރު (މިސާލަކަށް: ދަސްވާރު، ކެރިއަރ ގައިޑެންސް އަދި ބީޓެކް) ވަޒަންކުރުން.
  5. ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް އަނިޔާ/އިހުމާލު ފާހަގަވެއްޖެނަމަ، ޝައްކުކުރެވޭ ނުވަތަ ރިޕޯޓުކޮށްފިނަމަ އެކަން ތަޙްޤީޤުކުރުމަކާނުލައި "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ގައިވާ ގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކަށް އެންގުން.
  6. ސްކޫލު ކައުންސެލަރަކަށް ރެފާކުރާ ދަރިވަރުންނަށް ވަކިވަކިން ނުވަތަ ގްރޫޕް ސެޝަން ނަގައިދިނުމާއި، ބޭނުންވެއްޖެ ޙާލަތެއްގައި ދަރިވަރުންގެ އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން ހެދުމަށް އެހީތެރިވެދިނުން.
  7. ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ "ވަލްނަރަބްލް" ދަރިވަރުންގެ ޙާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސް ޓީޗަރާއި ސްކޫލުގެ ވެރިންގެ މަޝްވަރާއާރި އެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.
  8. ސްކޫލްތަކުގެ ކައުންސިލަރުންނާއެކު ބާއްވާ ކޭސް މެނޭޖްމަންޓު، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު އަދި ސުޕަވިޒަން ސެޝަންތަކާއި ފޯން ކޮންފަރެންސްތަކުގައި މިނިސްޓްރީން ކަނޑައަޅާ އުޞޫލެއްގެ މަތިން ބައިވެރިވެ، ސްކޫލުގެ ކޭސްތައް ދަރިވަރުންގެ ސިއްރު ހިފެހެއްޓޭގޮތަށް ހިއްސާކުރުން.
  9. ކައުންސެލިން ހިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، ކޭސް ފައިލް ހެދުމާއި، ސެޝަންތައް ކުރިއަށް ގެންދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓް ލިޔެ ފައިލްކުރުން.
  10. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ "ބަރާބަރު" ސްކޫލު އިންޑިކޭޓާރސްގައި ހިމެނޭ ހެލްތު އެންޑް ސޭފްޓީ ޑައިމެންޝަން ސްކޫލުގައި ފުރިހަމަކުރުމަށް ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުމާއި، ދަރިވަރުންގެ ރައްކާތެރިކަމަށް ބެލެނިވެރިންނާ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުން.
  11. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް، ސްކޫލުގެ ވެރިންނާއި މަޝްވަރާކޮށްގެން ސްކޫލު ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގާ ބެލެހެއްޓުމާއި ސްކޫލުގެ މާޙައުލަކީ ދަރިވަރުންނަށާއި ސްކޫލުގެ މުވައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރަން ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުން.
  12. ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ތާވަލުކޮށްގެން ހިންގާ ހަރަކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތަޢުލީމީ އަހަރު ފެށުމާއެކު މިނިސްޓްރީއަށް ހިއްސާކުރުމާއި، ކޮންމެ އަހަރަކު ސްކޫލުން ހިންގާ މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓު ތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްކޫލު ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވުން.

މަޤާމުގެ ޝަރުޠު:

ކައުންސެލިންގ / ސައިކޮލޮޖީ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 

މަޤާމްގެ ދާއިރާތައް

ކައުންސިލިންގ

ތައުލީމީ ރޮނގުތައް

ކައުންސިލިންގ ، ސައިކޮލަޖީ

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ރަތަފަންދޫ
  • ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް
  • ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ
  • ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ
  • ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު
  • ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  • (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ
  • ލިޔުމުގެ ކޮޕީ.
  • ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  • (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ
  • އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ
  • މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް
  • އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

 

 ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓަގަރީގެ އިންސައްތަ

ތައުލީމާއި ތަމްރީން

 

 

ލިބިފައިވާ ތައުލިމް

65

35

 

40

 

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީ

 

 

30

 

5

 

 

 އިމްތިހާން

 

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

 

 

12

 

 

5

 

 

5

މަސައްކަތުގެ ތަޖުރިބާ

މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަވިއު/ ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

 

230

100

100

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ހިންމަފުށީ ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތިހުށަހަޅާނީ 09 ޖުލައި 2019 ވާ (އަންގާރަ) ދުވަހުގެ 12:00ގެ ކުރިން، ހިންމަފުށީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ [email protected]  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަވިއުކުރުން:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެގިނަނަމަ އިންޓަރވިއުއަށް ހޮވޭފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު.

އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު ބޭއްވޭނެތަނަކާއި އިންޓަވިއު ކުރުން އޮންނަ ތާރީޚާއި ގަޑި، އިންޓަވިއުއަށް ހާޒިރުވެވޭނެ ވަޤުތު އޮއްވައި މި ސްކޫލުން އެންގޭނެ.

ޝޯޓް ލިސްޓްކުރުމާއި 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނޯޓް: މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ   

45 އިންސައްތަ

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން، މި ސްކޫލުގެ 6640585 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

               

 

 

 

 

             

 

                                                                   

  

                                                                                                       

 

30 ޖޫން 2019
ހޯދާ