މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

މި މިނިސްޓްރީގެ ދަށުން ކ. ވިލިމާލޭގައި ހިންގަމުންދާ ފިޝަރީޒް ޓްރެއިނިންގ ސެންޓަރގެ ތިރީގައި ދެންނެވިފައިވާ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

-ޢިމާރާތުގެ ފަހަތުގައި ހުރި ލަކުޑި ސިޑި މަރާމާތު ކުރުން.

-ޢިމާރާތުގައި ހުރި އޭސީ ތައް ބަދަލުކުރުން

- އޮފީސް ބައިގެ ފުރާޅުގެ ޓިނު އައު ކޮށް ޓިނު އެޅުން.

- އޮފީސް ބައިގެ ސީލިންގ އިން ފެންފައިބައި ހަލާކުވެފައިވާތީ ހަލާކުވެފައިވާ ސީލިންގ ނައްޓައި އަލުން ސީލިންގ ކުރުން.

- ފުޑް ޕްރޮސެސިންގ ބައިގެ ސިންކްތައް ކައިރީ ޖަހާފައިވާ ތަށިމުށިތައް ނައްޓައި އަލުން ތަށިމުށި ޖެހުން.

- މުޅި ޢިމާރާތުގެ ފާރުތަކުގެ ހަލާކުވެފައިވާ ދިމަ ދިމާލުގައި ޕުޓީ އަޅައި ގާނައި އަލުން ކުލަ ލުން.

- މަތީ ދެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާތީ އެދެދޮރަށް ބިއްލޫރި ލައްވައި ދަވާދުލުން.

- ދެފާޚާނާ މަރާމާތު ކުރުން.

- ސެންޓަރަށް ވަންނަ ގޭޓް މަރާމާތު ކުރުން.

- 4 ދޮރެއް ނައްޓައި އައު ދޮރު ހަރުކޮށް ދަވާދުލުން.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚަށް މި މިނިސްޓްރީއަށް (ވެލާނާގެ 2 ވަނަ ފަންގިފިލާގައިވާ މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 2 ވަނަ ފަންގިފިލާގައިވާ މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމަށް) ވަޑައިގެންދެއްވުން އެދެމެވެ. އަގު ހުށަހަޅުއްވަންވާނީ އޭސީ ގަނެ ހަރުކޮށްދިނުމުގެ އަގު ވަކިން އެނގޭ ގޮތަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށައެޅުމަށް

02 ޖުލައި 2019 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް

07 ޖުލައި 2019 (އާދީއްތަ) ދުވަހުގެ 10:00 އަށް

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
  • މުއްދަތަށް  20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

30 ޖޫން 2019
ހޯދާ