އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އުރީދޫ ކަލަރ ރަން- 2019" ބޭއްވުމަށް ހިތަދޫގެ ބައެއްމަގުތައް ވަގުތީގޮތުން ބަންދު ކުރުން

އިޢުލާން

2019 ޖޫން 28 ވަނަދުވަހު ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ކަލަރ ރަން- 2019" ދުވުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ ހިތަދޫގެ މަގުތައް، އެދުވަހުގެ 15:00 އިން 18:00 އަށް ވަގުތީގޮތުން ބަންދު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

  1. ޝަމުސުއްދީން ބޮޑުފަނޑިޔާރުމަގު ގެ ހުޅަނގުފަޅި (މަގުގެ އެއްފަޅި)
  2. އެޅެދީދީމަގު އިރުމަތީ ފަޅި (މަގުގެ އެއްފަޅި)
  3. ޑޭޒީމަގު (ޝަމުސުއްދީންބޮޑުފަނޑިޔާރުމަގުން އެޅެދީދީމަގާ ހިސާބަށް)
  4. އަމީނީމަގު (އެޅެދީދީމަގުން ފެށިގެން ޝަމުސުއްދީންބޮޑުފަނޑިޔާރުމަގާ ހިސާބަށް)
  5. ރަށްދެބައިމަގު (ފިޔާތޮށިމަގުން ފެށިގެން ޝަމުސުއްދީންބޮޑުފަނޑިޔާރުމަގާ ހިސާބަށް)
  6. ފިޔާތޮށިމަގު (ރަށްދެބައިމަގުން ފެށިގެން ކަނީރުމަގާ ހިސާބަށް)
  7. ކަނީރުމަގު (ފިޔާތޮށިމަގުން ފެށިގެން ޝަމުސުއްދީންބޮޑުފަނޑިޔާރުމަގާ ހިސާބަށް)

މިހެންވެ މިކަން އެންމެހައި ބޭފުޅުންގެ ސަމާލުކަމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޝައްވާލު 1440ހ

27 ޖޫން 2019
ހޯދާ