މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އަތޮޅުތަކުގެ ސީ އެމްބިއުލަންސްގެ ޚިދުމަތަށް ބޭނުންވާ މީހުން ހޯދުން.

ކޮންޓްރެކްޓް އުޞޫލުން ސީ އެމްބިއުލަންސްގައި މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ޑްރައިވަރ

ބޭނުންވާ އަދަދު:

2 (ދޭއް) (ހއ. ދިއްދޫ 1 ޑްރައިވަރ / އއ. ރަސްދޫ 1 ޑްރައިވަރ)

މުސާރަ:

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ 

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު -/1757 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި،  ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން:

ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި

ފެންވަރު ނުވަތަ ޝަރުތު:

 

1-      ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން.

2-      ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖްރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

މަޤާމު:

ފަޅުވެރި

ބޭނުންވާ އަދަދު:

4 (ހަތަރެއް) (ހއ. ދިއްދޫ 1 ފަޅުވެރި / އއ. ރަސްދޫ 1 ފަޅުވެރި/ އދ. މަހިބަދޫ 1 ފަޅުވެރި އަދި މ. މުލީ 1 ފަޅުވެރި)

މުސާރަ:

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ 

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1562.75 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7627.75 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ

އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން:

ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި

ފެންވަރު ނުވަތަ ޝަރުތު:

 

  1. އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން     2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއި ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ،       2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ         އެ އަތޮޅެއްގެ އަތޮޅު ކައުންސިލް / ރަށު ކައުންސިލް އިދާރާ އަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 

24 ޝައްވާލް 1440

27 ޖޫން 2019
ހޯދާ