ދިވެހިރާއްޖެ
ނަންބަރު:IUL)MMPRC-PRO/1/2019/42)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުން ނަންބަރު: IUL)MMPRC-PRO/1/2019/41) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ޖުލައި 3 ވާ ބުދު ދުވަހުގެ ހެނދުނު 10:00 އަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިކޯޕަރޭޝަނަށް (ހ. ޒޮނޭރިއާ، ދެވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 10 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
24 ޝައްވާލް 1440 ހ.
27 ޖޫން 2019 މ.