މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :މެނޭޖަރ
ބޭނުންވާ އަދަދު :1

ނޯޓް:

 ލ.ގަމުގެ ބަހުގެ ޚިދުމަތް ދިނުމުގެ މަަސައްކަތްތަކަށް މުވައްޒަފުން ހޯދުން

މުސާރަ: 

-/6880 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/5504 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/6000ރ - -/7000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާާޞިލް ކޮށްފައިވާ ފަރާތަކަށްވުން އަދި މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާޞިލް ކޮށްފައިވާ ފަރާތަކަށްވުން އަދި މަސައްކަތާއި ގުޅޭ ދާއިރާއަކުން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ހައްދުންމަތީ ޓްރާންސްޕޯޓް ލިންކް ބަހުގެ ޙިދުމަތްތަކުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން.

- ހައްދުންމަތީ ޓްރާންސްޕޯޓް ލިންކް ބަހުގެ ޙިދުމަތްތަކަށް ލިބޭ އާމްދަނީގެ ފައިސާ ދުވަހުން ދުވަހަށް ޖަމާކޮށްފައިވޭތޯ ބެލުމަށްފަހު، ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަންޓް ވެރިޔާ އަށް ރިޕޯޓް ކުރުން.

- ބަހުގެ ޚިދުމަތާއި ގުޅުން ހުރި އިދާރީ މަސައްކަތްތައް ރާވާ ބެލެހެއްޓުން.

- ބަހުގެ ޚިދުމަތާއި ގުޅުންހުރި އެހެނިހެން މަސައްކަތާއި މަސްޢޫލިއްޔަތު ރާވާ ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރޭވުން

މަސައްކަތް ކުރަންޖެހޭ ތަން :

 ހައްދުންމަތީ ޓްރާންސްޕޯޓް ލިންކް (ލ.ގަން)

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :1

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އޮފީސް އިމާރާތާއި ޓާރމިނަލް ސަރަހައްދު ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

- އޮފީސް އިމާރާތާއި ޓާރމިނަލް ސަރަހައްދުގެ މެއިންޓަނެންސް މަސައްކަތް ކުރުން.

މަސައްކަތްކުރަންޖެހޭ ތަން:

 ހައްދުންމަތީ ޓްރާންސްޕޯޓް ލިންކް (ލ.ގަން)

މަޤާމް :ޑްރައިވަރ (ބަސް)
ބޭނުންވާ އަދަދު :2

މުސާރަ:

-/4980 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3984 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/4000ރ - -/5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

B0 ނުވަތަ B2 ކެޓަގަރީގެ ލައިސެންސް އޮތުން

ނުވަތަ 

- C1 ކެޓަގަރީގެ ލައިސެންސް އޮތުމާއި އެކު ދުއްވުމުގެ ތަޖުރިބާހުރި ފަރާތަކަށްވުން

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައި ވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ޑިޕާޓްމަންޓުން އަންގާ ޝެޑިއުލާއި އެއްގޮތަށް ޕެސެންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން. 

މަސައްކަތް ކުރަންޖެހޭ ތަން:

 ހައްދުންމަތީ ޓްރާންސްޕޯޓް ލިންކް (ލ.ގަން)

މަޤާމް :ސެކިޔުރިޓީ ގާރޑް
ބޭނުންވާ އަދަދު :2

މުސާރަ:

-/4090 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3272 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/3000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.  

އަދި 

- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ ތަކެއްޗާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމް :މެކޭނިކް
ބޭނުންވާ އަދަދު :1

މުސާރަ:

-/5500 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4400 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މަޤާމުގައި ކުރަންޖެހޭ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ލެވެލް ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައިވުން ނުވަތަ މިދާއިރާގައި މަސައްކަތްކޮށް 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބަސްތަކާއި ލޯންޗް އަދި ފެރީތަކުގައި ކުރަންޖެހޭ ބްރޭކް ޑައުން މެއިންޓެނަންސްގެ މަސައްކަތް ކުރުން.

- ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބަސްތަކާއި ލޯންޗް އަދި ފެރީތަކުގެ ޕީރިއޮޑިކަލް މެއިންޓެނަންސް ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތް ކުރަންޖެހޭ ތަން :

 ހައްދުންމަތީ ޓްރާންސްޕޯޓް ލިންކް (ލ.ގަން)

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

 2019 ޖުލައި 04ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 

އަދި މި ކުންފުނީގެ ވެބްސައިޓް www.port.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: hr@port.mv

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

27 ޖޫން 2019
ހޯދާ