އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ވަކީލެއްގެ ޚިދުމަތް ހޯދުން

ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އިން މި އަތޮޅުގައި އެ ބޭންކުގެ ޚިދުމަތް ދެއްވަމުން ގެންދަވާ "އަތޮޅުވެހި" ޢިމާރާތުގެ އެގްރީމެންޓުގެ މުއްދަތުހަމަވެ، އެގްރިމެންޓް އައުކުރުމުގައި، ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި މި ކައުންސިލާ މެދު މުޢާމަލާތްކުރެވި، ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވި މައްސަލައަށް ޙައްލެއްނުލިބި ދިގުލައިގެންދާތީ، މި މައްސަލަ ދިވެހިރާއްޖޭގެ ޝަރުޢީދާއިރާ މެދުވެރިކޮށް ޙައްލުކުރުމަށްޓަކައި، މި ކައުންސިލުގެ ފަރާތުން މި މައްސަލަ ކަމާބެހޭ ކޯޓަށް ހުށަހަޅުއްވައި، ކޯޓު މަރުޙަލާގެ އެންމެހައި ކަންކަން މި ކައުންސިލަށް ކޮށްދެއްވާނެ ޤާނޫނީ ވަކީލަކު ބޭނުންވެއްޖެ އެވެ.

ޝަރުޠު: ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް، އަދި އެ ހުއްދަ މިހާރު ބާޠިލްކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 9998816 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މި މައްސަލަ މި ކައުންސިލުގެ ފަރާތުން ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ހުށަހަޅުއްވައި، ކޯޓު މަރުޙަލާތަކުގައި ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހައި ކަންކަން ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ބޭފުޅުން، 2019 ޖުލައި 07 ވަނަ ދުވަހުގެ 13:00ގެ ކުރިން، [email protected] އަށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅުއްވާ ސިޓީއާއި އެކު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީ އާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އިތުރުން، ޕްރޮފައިލް ހުށަހަޅުއްވަން ވާނެ އެވެ.

ސަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑު

އެއްވެސް އަގަކާނުލައި މަސައްކަތް ކޮށްދެއްވާ ގޮތަށް ހުށަހަޅާ ފަރާތްތަކަށް

100 ޕޮއިންޓް

އެކަށީގެންވާ އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަށް:

65 ޕޮއިންޓް

ދާއިރާއިން ލިބިފައިވާ ތަޖުރިބާ:

35 ޕޮއިންޓް

27 ޖޫން 2019
ހޯދާ