އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ 2018 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާގެ ޓްރޮފީ އާއި މެޑެއްޔާއި ޝޭޝް ހެދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ 2018 ވަނައަހަރުގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީއާއި މެޑެއްޔާއި، ސޭޝް، މިސްކޫލް ދޭ އިރުޝާދާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 ޖޫން 30 އިން 2019 ޖުލައި 4 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖުލައި 4 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖުލައި 8 ވާ ހޯމަ ދުވަހުގެ 13:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  6. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ޖުލައި  15 ވާ ހޯމަ ދުވަހުގެ 13:30 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096 7

އީ-މެއިލް: [email protected]

‏24‏ ޝައްވާލް‏ 1440

‏27‏ ޖޫން‏ 2019

 

27 ޖޫން 2019
ހޯދާ