ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ (އެމް.އެސް 1)

ޑިޕާޓްމަންޓުގެ ނަންބަރު: 2019/63/އޭ-198 (20 މެއި 2019) އިޢުލާނުން މި ޑިޕާޓްމަންޓުގެ "ކޮމްޕިއުޓަރ ޕްރޮގްރާމަރ" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމަށް އިޢުލާން ކުރީމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު: 2019/73/އޭ-198

ތާރީޚް: 26 ޖޫން 2019

މަޤާމު

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ރޭންކް: އެމް.އެސް 1

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/2,805 (އަސާސީ މުސާރައިގެ %50)

- ސަރވިސް އެލަވަންސް: -/2.000

- ލިވިންގ އެލަވަންސް: -/3.000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު، GS4  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުޢީދާއިރާގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ ތަފާތު ސޮފްޓްވެއަރ، ވެބް އެޕްލިކޭޝަން އަދި ވެބްސައިޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ ކޯޓުތަކާއި، އިދާރާތަކުގައި މިހާރު ބޭނުންކުރެވެމުންދާ ސޮފްޓްވެއަރތަކާއި، އެޕްލިކޭޝަންތަކަށް ޒަމާނާ އެއްގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • ޑިޕާޓްމަންޓުގެ އިންހައުސް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމްގައި ޓީމް ޑިވެލޮޕްމަންޓް އުސޫލްތަކާ އެއްގޮތަށް ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، ޓީމް މެމްބަރެއްގެ ގޮތުން މަސައްކަތްކުރުން.
  • ސޮފްޓްވެއަރތަކަށް މީހުން އަހުލުވެރި ކުރުމަށް ހިންގަންޖެހޭ އެކި އެކި ޓްރޭނިންގތައް ހިންގުން.
  • މިނޫންވެސް ސޮފްޓްވެއަރ ޑިވެލޮޕްމަންޓާއި މެއިންޓެނެންސްއާއި ގުޅުންހުރި މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340853 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިއުޓަރ ޕްރޮގްރާމަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތަޢުލީމް: 40 ޕަސެންޓު
  • މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓު
  • އިންޓަރވިއު: 30 ޕަސެންޓު
  • ޕްރެކްޓިކަލް ޓެސްޓާއި ޕްރެޒެންޓޭޝަން: 10 ޕަސެންޓު
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި، ޕަރފޯމެންސަށް: 12 ޕަސެންޓު

 

26 ޖޫން 2019
ހޯދާ