އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ކަސްރަތު ކުލާސްތަކާ ގުޅޭ

                  މިކައުންސިލްގެ ފަރާތުން ބަލަހައްޓަމުންގެންދާ ފެންފުށީ އިޖްތިމާޢީ މަރުކަޒުން އިސްނަގައިގެން ފެންފުށީގައި ކަސްރަތު ކުލާސްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިކުލާސްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ  މި ކުލާސްތަކުގައި ބައިވެރިވުމަށް ނަންނޯޓް ކުރާ ފަރާތްތަކަށެވެ. މިކްލާސްތައް ފެށުމައްފަހުގައިވެސް ބައިވެރިވާންބޭނުންވާ ފަރާތަކަށް މިކްލާސް ތަކުގައި ބައިވެރިވުމުގެ ފުރުސަތުދެވޭނެއެވެ.  

                ވީމާ، މިކުލާސްތަކުގައި ބައިވެރިވުމައް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން 2019 އިން 30 ޖޫން 2019 ހަމައަށް ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ނަންނޯޓް ކުރެއްވުމަށް ވަޑައިގަންނަވާނީ ރަސްމީ ގަޑީ ގައި އިޖްތިމާއީ މަރުކަޒަށެވެ

އިޖުތިމާއީ މަރުކަޒުގެ ރަސްމީ ގަޑިއަކީ:

ހަވީރު 16:00 އިން 18:00 އަށް

ރޭގަނޑު 20:00 އިން 00؛00 އަށް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އަޢުލާން ކުރީމެވެ.

               

26 ޖޫން 2019
ހޯދާ