މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

އިޢުލާން

މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

     ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަން 17 އޭޕްރިލް 2019 ކުރި އިއުލާން ނަންބަރ IUL)101-EP/1/2019/151) އާއި ހަވާލާދީ ދަންނަވަމެވެ.

     މައުރަޒުގައި ވިހާވެސް ގިނަފަރާތްތަކެއް ބައިވެރި ކުރުމުގެ މަޤްސަދުގައި، މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު 30 ސެޕްޓެމްބަރ 2019 ގެ 14:00 ނިޔަލަށް އިތުރުކުރަމެވެ. 

 މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް، އުސޫލު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން އަދި މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ ތަކުން ލިބެންހުންނާނެއެވެ. މައުރަޒު 2019 އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ، މިއޮފީހުގެ ނަންބަރ 1691 އާއި ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލްކުރެއްވުންއެދެމެވެ.

26 ޖޫން 2019
ހޯދާ