މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވ އޮފަސަރ އަކު ބޭނުންވެއްޖެ

                                 އިޢުލާން   

 

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް :

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ :

J-122420

ބޭނުންވާ ޢަދަދު :

01 (އެކެއް)                             

މަޤާމުގެ ގިންތި :

ދާއިމީ

މަޤާމުގެ ރޭންކް :

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން :

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފިއްލަދޫ ސްކޫލް / ހއ. ފިއްލަދޫ

މުސާރަ :

 4465.00 ރުފިޔާ

ސަރވިސް އެލަވެންސް :

1500.00 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

 700.00 ރުފިޔާ

އިތުރު އިނާޔަތްތައް :

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

1-      ސްކޫލުގެ ކައުންޓަރަށް އަންނަ ސިޓީ ފަދަ ތަކެތި ބަލައިގަތުމާއި ކައުންޓަރުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އެ ޚިދުމަތް ދިނުން އަދި އިދާރާއަށް އަންނަ ފޯންކޯލްތަކަށް ޖާވާބުދާރީވުން.

.2-    އެންޓްރީކުރަން ޖެހޭ ލިޔެކިޔުންތައް ކުރުމާއި އެންޓްރީ ކޮށްފައިވާ ލިޔުންތަކުގެ އަސްލާއި ކޮޕީތައް ހަވާލުކުރައްވަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

3-      ދަރިވަރުންގެ ރަޖިސްޓްރީއާއި ގުޅޭގޮތުން ކުރައްވަންޖެހޭ އެންމެހާމަސައްކަތްކުރުން އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

4 -     ސުކޫލުގެ ސްޓޮކް ބެލެހެއްޓުމާއި މަސައްކަތަށް ދަތިނުވާނޭގޮތަށް ސޮޓޮކުން ދޫކުރަން ޖެހޭތަކެތި ދޫކުރުން .

5-   ސްކޫލްގެ ކިޔަވާދިނުމާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ބޭނުންވާ ތަކެތީގެ ލިސްޓް ބަޖެޓް ސެކްޝަނާއިހަވާލުކުރުން.

 6 - ސްކޫލުގެ އިސްފަރާތްތަކުން އަންގާ ގޮތެއްގެ މަތީން ބެލެނިވެރިންނާއި ދަރިވަރުންނަށް ފޮނުވަންޖެހޭ ސްލިޕް ކޮޅުތަކާ ނޯޓިސް ތައްޔާރު ކުރުން އަދި މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓިސް ތައްޔާރުކުރުން.

7 -      ސްކޫލްގެ ޔައުމިއްޔާ އާއި އިދާރީ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުންދުވަހަށްލިޔެ ތައްޔާރުކޮށް ފައިލްކުރުން

8-  ދަރިވަރުންގެ އެޓެންޑެންސް ރިޕޯރޓް ތައްޔާރުކުރުމަށް ލީޑިންގ ޓީޗަރުންނަށް އެހީވެދިނުން

9- ދަރިވަރުންގެ ފޮތްލިސްޓާއި ވައުޗާރ އާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން

10- ދަރިވަރުންގެ ލީވިންގ ސެޓްފިކެޓާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން.

11-  ސްކޫލުގެ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން

12-  އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠު :

 ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި ސްކޫލްގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ ،ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

 (ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް

1 ޙާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު

2 މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

3 ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފިއްލަދޫ  ސްކޫލްގެ އޮފީހަށެވެ. ވަޒީފާ އަށް އެދޭފޯމާއި ލިއުންތައް އީ މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފިނަމަ އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާ އަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު ކުރުން

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 ޖުލައި 2019 އާއި 13 ޖުލައި 2019 އާއި ދެމެދުގެ ތާރީޚެއްގައި ފިއްލަދޫ ސްކޫލް ގައެވެ.

ޝޯޓް ލިސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500536 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

           ވީމާ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

26 ޖޫން 2019
ހޯދާ